Thursday, June 30, 2011

ވަޢުދު ފުއްދުން


ތަރުޖަމާ: އިނާޒް ޢަދުނާން

މުސްލިމުން އަންދަލުސްގައި (މިހާރުގެ ސްޕޭން) ވެރިކަންކުރަމުން ގެންދިޔަ ދުވަސްވަރު އެތާނގެ ދެޙާކިމުންކަމުގައިވާ حارس بن عباد އާއި عدي بن أبي ربيعة ދެމެދުގައި ހަނގުރާމައެއް ފެށުނެވެ. حارس بن عباد ގެންދިޔައީ عدي بن أبي ربيعة ހޯދައި ހައްޔަރުކުރުމަށް މަސައްކަތްކުރަމުންނެވެ. އޭގެ ދެމީހުން ކުރިއަކުން ބައްދަލުވެފައެއްނުވެއެވެ. އަދި އެކަކަށް އަނެކަކު ނުވެސް އެނގެއެވެ.  حارس ބޭނުންވެގެން އުޅެނީ عدي ގެ ފަރާތުން ކުރީގައި ހިނގާފައިވާ ކަމެއްގެ ބަދަލުހިފުމަށެވެ. ނަމަވެސް ހަނގުރާމަ ނުފެށިގެން އުޅެނިކޮށް حارس ގެ ސިފައިން އިދިކޮޅު ލަޝްކަރުގެ މީހެއް ހައްޔަރުކޮށްގެން އޭނާގެ ކައިރިއަށް ގެނައެވެ. އެހިނދު حارس ޤައިދީއާ ސުވާލުކުރިއެވެ. [عدي بن أبي ربيعة ވީތަނެއް އަހަރެން ކައިރީ ބުނާށެވެ!]

Friday, June 24, 2011

ތިބާގެ ލޮލަށް ފެނުންދެއްވީތީ ﷲ އަށް ޝުކުރުކުރެވޭ ހެއްޔެވެ؟

ތަރުޖަމާ: އަލްއަޚް ޙަސަން ނަސީފް

ޢިމާރާތެއްގެ ސިޑިމަތީގައި އިން ލޯފަން ކުއްޖެކެވެ. އޭނާގެ ކައިރީގައި ބޯޑެއް ހުއްޓެވެ. އޭގައި ލިޔެފައިވެއެވެ. "އަހަރެންނަކީ ލޯއަނދިރި ކުއްޖެއް! އަހަރެންނަށް އެހީވެދެއްވާ!" އަދި އޭނާގެ ފައިކައިރީ ލާރި އެޅުމަށްޓަކައި ތޮތްޕެއްވެސް އޮތެވެ. ނަމަވެސް އޭގައި ވަނީ ވަރަށް މަދު ލާރި ކޮޅެކެވެ.

އެހެން ހިނގާފައި ދިޔަ މީހަކަށް މިކުއްޖާ ފެނިގެން އައިސް އޭނާގެ ޖީބުން ކުޑަ ލާރި ކޮޅެއްނެގުމަށްފަހު އެ ތޮތްޕަށް ލިއެވެ. އަދި އެ ކުއްޖާގެ ފިލާގަނޑުގެ ހުސްކޮށް އޮތް އަނެއްފުށުގައި ކޮންމެވެސް އެއްޗެއް ލިޔުނެވެ. އެއަށްފަހު އެހެންދާ ކޮންމެ މީހަކަށްވެސް ފެންނާނޭ ގޮތަށް އެ ބޯޑު ބެހެއްޓިއެވެ. 

Tuesday, June 21, 2011

އިމާމް އަބޫ ޙަނީފާ (ރަޙިމަހުﷲ) ގެ ވިސްނުންފުޅު

 ތަރުޖަމާ: އިނާޒް ޢަދުނާން

إمام أبو حنيفة نعمان بن ثابت (رحمة الله عليه) އެއްދުވަހަކު މިސްކިތުގައި އިންނަވަނިކޮށް، ޚަވާރިޖުންގެ ޖަމާޢަތެއްގެ މީހުން ކަނޑިއުރައިން ދަމައިގަނެގެން މިސްކިތަށް ވަނެވެ. އަދި އިމާމްގެ އަރިހަށް އައިސް އެކަލޭގެފާނު ވަށައިލިއެވެ. ދެން އެކަލޭގެފާނާއި އެމީހުންނާ ދެމެދު ދެކެވުނު ވާހަކަތައް ތިރީގައިމިވަނީއެވެ.

ޚަވާރިޖުން: އޭ އަބޫޙަނީފާއެވެ! އަހަރަމެން، ތިބާ އާއި ދެ ސުވާލެއް ކުރަމެވެ. ތިބާ އެ ދެ ސުވާލަށް ޖަވާބުދީފިނަމަ ރަގަޅަވެ. އެހެންނޫންނަމަ އަހަރަމެން، ތިބާ ޤަތުލުކޮށްލާނަމެވެ.

Sunday, June 19, 2011

މައްޔިތާ އާއި ސުވާލުކުރެއްވުން


ޖަވާބު: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް

ސުވާލު: މައްޔިތާއަށް ސުވާލު ކުރެވޭ ވަގުތަކީ ކޮބައި ހެއްޔެވެ؟ ވަޅުލުމުގެ ކުރިން އެއްވެސް ޖަޒާއެއް އޮންނާނެތޯއެވެ؟
ޖަވާބު: الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
މައްޔިތާއާއި ކުރެވޭ ސުވާލާއި މައްޔިތާއަށް ދެވޭ ޘަވާބު ނުވަތަ އަޛާބުގެ ކަންތައް ފެށޭނެ ކަމުގައި އަންގަވާފައިވަނީ ވަޅުލުމަށް ފަހުގައެވެ. އޭގެ ކުރިން ރަނގަޅު މީހެއްނަމަ އަވަހަށް ވަޅުލުމަށް އެދޭނެއެވެ. އަދި ނުބައި މީހެއް ނަމަ ވަޅު ނުލުމަށް، ކަށްވަޅަށް ނުގެން ދިޔުމަށް ވެސް އެދޭނެއެވެ. ހަދީޘްގައި ވާރިދުވެފައި ވެއެވެ. رسول الله صلى الله عليه وسلم ހަދީޘްކުރައްވާކަމުގައި أبو سَعِيدٍ الْخُدْرِيَّ رَضِيَ عَنْهُ ވިދާޅުވިއެވެ.

Saturday, June 18, 2011

އިމްތިޙާން


ތަރުޖަމާ: އިނާޒް ޢަދުނާން

ألحمد لله وكفى ، وسلام على عباده الذي اصطفى
މިދުނިޔެއަކީ އިމްތިޙާނުގެ ގޮވައްޗެކެވެ. އެހެންކަމުން މިތަނަށް އައި ކޮންމެ މީހަކުވެސް އިމްތިޙާނުކުރެވޭނެއެވެ. މުއްސަނދިންނާ ފަޤީރުންގެއެވެ. ވެރިންނާ ރަޢިއްޔަތުންގެއެވެ. ޢާލިމުންނާ ޖާހިލުންގެއެވެ. އަންހެނުންނާ ފިރިހެނުންގެއެވެ. ޒުވާނުންނާ މުސްކުޅީންގެއެވެ. ގަދަމީހުންނާ ބަލިމީހުންގެއެވެ. 

މިތަފާތު ބާވަތްތަކުގެ މީހުން އިމްތިޙާނުކުރެވޭ ގޮތްވެސް ތަފާތުވެގެންވެއެވެ. އެކަކަށް ދެއްވައިގެންނެވެ. އަނެކާ އަތުން އަތުލައްވައިގެންނެވެ. އެކަކީ ބުއްދިވެރިއެވެ. އަނެކަކީ މޮޔައެކެވެ. އެކަކަށް ދަރީން ދެއްވައެވެ. އަނެކާ ދަރީންގެ ނިޢުމަތުން މަޙުރޫމުކުރައްވައެވެ. އެކަކުވަނީ މުދާވެރިކަމުގެ އެންމެ އުހަށް ވާޞިލުވެފައެވެ.

Wednesday, June 15, 2011

ނަމޫނާ ވެރިއެއް - 1

ތަރުޖަމާ: އިނާޒް ޢަދުނާން

ޢުމަރު ބިން ޢަބްދުލްޢަޒީޒު (ރަޙިމަހުﷲ) އަކީ މުސްލިމް ވެރީންނަށް ހުރި ވަރަށްވެސް ފުރިހަމަ ނަމޫނާއެކެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ކޮންމެ ޙާދިޘާއަކުންވެސް ވިސްނައި ފިކުރުކޮށްފި މީހަކަށް އެތަކެއް ފިލާވަޅުތަކެއް ލިއްބައިދޭނެއެވެ. އެކަލޭގެފާނު ވެރިކަންކުރެއްވީ ﷲ ތަޢާލާއަށް ބިރުވެތިވެވަޑައިގެން ހުންނަވައެވެ. ރައްޔަތުންގެ މުދަލުން އެއްވެސް އެއްޗެއްގައި އެކަލޭގެފާނު ނާޖާއިޒުގޮތެއްގައި ޖެހިވަޑައިގެންފައެއްނުވެއެވެ. އަދި އެކަލޭގެފާނުގެ އަނބިދަރީންނާއި ޢާއިލާއަކަށްވެސް ރައްޔަތުންގެ މުދަލުން ޒައްރެއްގެ މިންވަރުވެސް ނުޙައްޤުން ދެއްވާފައެއްނުވެއެވެ. އިބްނު ޢަބްދުލް ޙަކީމް އޭނާގެ ފޮތް "سيرت عمر بن عبدالعزيز" ގައި ބަޔާންކުރައްވަފައިވާ މިޙާދިޘާއިންވެސް އެކަން ވަރަށް ރަގަޅަށް އެނގިގެންދެއެވެ. އޭނާ ލިޔުއްވާފައިވެއެވެ.

Saturday, June 11, 2011

ނުފެންނަ ބީރު މީހުން

ލިޔުނީ: އިނާޒް ޢަދުނާން
ޢައްބާސީ ޚަލީފާ އަބޫ ޖަޢުފަރު އަލްމަންޞޫރު އެއްރެއަކު ކަޢުބަތުﷲ ވަށައިގެން ޠަވާފުކުރައްވަމުން ގެންދަވަނިކޮށް ކަންފަތްޕުޅުގައި ޖެހިވަޑައިގަތް އަޑެއްގެ ސަބަބުން އެމަނިކުފާނުގެ ނިދާފައިވާ ޟަމީރު ކުއްލިއަކަށް ހޭލައްވާލިއެވެ. އެއަޑު އަންނަ ދިމާއަށް ވަޑައިގެން ބެއްލެވިއިރު ފެނިވަޑައިގަތީ ކަޢުބާގެ އުރަކޮޅުގައި އެލިގަނެގެން ހުރެ މީހަކު ރޮއި އާދޭސް ދަންނަވަމުންދާތީއެވެ. [މިއަޅާގެ ވެރިރަސްކަލާކޮ! ބިންމަތީގައި ފިތުނަ ފަސާދަ ޢާންމުވެއްޖެއެވެ. ޙައްޤުވެރީންގެ ޙައްޤުތައް ފޭރިގަނެގެން ތިބި ދަހިވެތި އަނިޔާވެރީން ނެތިކުރައްވާނދޭވެ! އެމީހުންގެ ނަފްސުގެ އެދުންތަށް މުޅި ދުނިޔެއަށް އަނދިރިކަން ވެރިކުރުވައިފިއެވެ. އިބަ އިލާހަށް ބިރުވެތިވުމެއް އިބަ އިލާހުގެ އަޅުތަކުންނަށް އިންޞާފުވެރިވުމެއް ނެތެވެ. އެމީހުންގެ އަނިޔާވެރިކަމުގެ އުޑީގައި މީސްތަކުން ފިސްފިސްކުރުމަށް އެމީހުންނަށް މުހުލަތުދެއްވާނީ ކިހާ ދުވަހެއް ވަންދެންތޯއެވެ؟]

އެމްޑީޕީގެ ފަރާތުން ތޮއްޑޫގައި ބޭއްވި ޖަލްސާގައި ހިނގާދިޔަ އަޚްލާޤީގޮތުން ދަށްފެންވަރުގެ ޢަމަލުތައް ޢަދާލަތުން ކުށްވެރިކޮށްފި


"ތޮއްޑޫ ދާއިރާ މެކުހަށް" މިނަމުގައި އެމްޑީޕީގެ ފަރާތުން އއ.ތޮއްޑޫގައި ބޭއްވި ޖަލްސާގައ ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އާއި، ސަރުކާރުގެ ބައެއް އިސްވެރިންގެ ކިބައިން ފެނިގެން ދިޔަ ސުލޫކީގޮތުން ދަށްފެންވަރުގެ ޢަމަލުތައް ޢަދާލަތު ޕާޓީން ކުށްވެރިކޮށްފިއެވެ.

އެޕާޓީގެ ބާޔާނުގައިވާ ގޮތުން ރިޝްވަތާއި އެކިއެކި ނުފޫޒުގެ ބޭނުންކޮށްގެން ތިމާމެންގެ ޕާޓީއަށް ބައިގިނަ ވުމަކީ ނަސްރެއްކަމުގައި ދެކެ، އެކަން ފާހަގަކުރުމުގެ ގޮތުން ޕާޓީ ބާއްވައި، މުޅި ގައުމުގެ ކުރިމަތީގައި ނަށައި، ލަވަޔާއި ނާޗަރަންގީ ކުޅެގެން ޤައުމު އިސްލާޙެއް ނުކުރެވޭނެކަމަށާއި ޢަޞަބިއްޔަތުގެ ކުލައިން ފެވިފައިވާ، އަޚުލާގީ ގޮތުން ދަށް ފެންވަރުގެ އެ ޖަލްސާގައިި ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެން، އަންހެނުންނާއި ފިރިހެނުން މަސްހުނި ގޮތުގައި ޑީޖޭ ގެ ސްޓައިލަށް ނަށްޓަވައި ހެއްދެވުމަކީ އިސްލާމީ ޙުދޫދު ތަކާއި، އަޚުލާގީ މިންގަޑުތަކާއި އަދި ދިވެހި ޤައުމުގެ ވެރިކަމުގެ ކަރާމަތް ވެއްޔާއި މޮޑެލުން ކަމުގައި ޢަދާލާތު ޕާޓީ ދެކޭކަމަށް ބުނެފައިވެއެވެ.

Thursday, June 9, 2011

ޢަދުލުވެރި ޤާޟީ - 2

ތަރުޖަމާ: އިނާޒް ޢަދުނާން

ބައްޕަގެ ފައިޞަލާ، ދަރިފުޅާ ދެކޮޅަށް...

ޤާޟީ ޝުރައިޙަކީ ތާބިޢީ ބޭކަލެކެވެ. އިސްލާމީ އުންމަތުގެ އެންމެ ހެޔޮވެގެންވީ ޤަރުނުގައި ޢަދުލާ އިންޞާފުން ޙުކުމްކުރެއްވުމުގެ އެންމެ ފުރިހަމަ ނަމޫނާ ދައްކަވާފައިވާ ޤާޟީއެކެވެ. އޭރުގެ މުސްލިމުންގެ މެދުގައި އަމާންކަމާއި ތަނަވަސްކަމާއި ހަމަހަމަކަން ދެމިއޮތުމުގެ ސިއްރަކީ މިފަދަ ބޭކަލުންގެ ތެދުވެރި އިޚްލާޞްތެރި މަސައްކަތްޕުޅެވެ.

އެއްދުވަހަކު ޝުރައިޙުގެ ދަރިކަލުން ދެންނެވިއެވެ. "ބައްޕާއެވެ! މިއަދު އަޅުގަނޑާ މިވެނި ބަޔަކާ ދެމެދު ކަމެއްގައި ދެބަސްވުމެއް ހިނގައިފިއެވެ. މި މައްސަލަ ނިމޭނީ އަޅުގަނޑާ އެއްކޮޅަށްނަމަ އަޅުގަނޑު މިމައްސަލަ ޝަރީޢަތަށް ހުށައަޅާނަމެވެ. ނަމަވެސް އެމީހުންގެ ކޮޅަށް މައްސަލަ ނިމޭނެ ނަމަ އަޅުގަނޑު އެމީހުންނާ ޞުލްޙަވާނީއެވެ."  ދެން އެކަންތައް ހިނގައިދިޔަ ގޮތް އޭނާގެ ބައްޕައަށް ކިޔައިދިނެވެ.

Wednesday, June 8, 2011

ދުނިޔޭގައި އޮތް އެންމެ ނުރައްކާތެރި ޤައުމު

ލިޔުނީ: އިނާޒް ޢަދުނާން

ޔުނައިޓެޑް ސްޓޭޓް އޮފް އެމެރިކާ އަކީ ދުނިޔޭގައި އޮތް ހަމައެކަނި "ސުޕަރ ޕަވަރ" ކަމަށް ދަޢުވާކުރާ ޤައުމެވެ. އެޤައުމުގެ އާބާދިގެ 309 މިލިޔަން މިހުންގެ ތެރެއިން %78.4 މީހުންނަކީ ކްރިސްޓިޔަނުންނެވެ. މީގެ ތެރޭގައި އެންމެ ގިނައީ ޔޫރަޕްގެ ދޮން ނަސްލުގެ މީހުންނެވެ. ސަރުކާރުގެ ހުރިހާ ބާރެއް އޮތީ ކްރިސްޓިޔަނުންނާ ޔަހޫދީންގެ އަތުގައެވެ. ދައުލަތަކީ ސެކިޔުލާ ދައުލަތެއްކަމަށް ދަޢުވާކުރާ ދައުލަތެކެވެ. ޤައުމުގެ ޤާނޫނީ އޮނިގަނޑު ބިނާވެފައި އޮތީ ސެކިޔުލަރިސްޓުންގެ ދީންކަމުގައިވާ ޑެމޮކްރަސީގެ އަސާސްތަކުގެ މައްޗަށެވެ. މަނާކަންތައްތައް ވަރަށްވެސް މަދެވެ. ދެފަރާތް ރުހެންޏާ ކޮންމެފަދަ ކަމެއްވެސް ކުރަންވީއެވެ. މުނިފޫހި ފިލުވުންފިޔަވައި އެހެންކަމެއް ނޯވެއެވެ. އެންމެ ގިނައިން މަރުގެ އަދަބުދެވޭ އެއްޤައުމުވެސްމެއެވެ.

Saturday, June 4, 2011

ޙައްޤުބަސް ބުނާށެވެ! - 2

ތަރުޖަމާ: އިނާޒް ޢަދުނާން

ސާލިމް ބިން ޢަބްދުﷲ ބިން ޢުމަރަކީ ތާބިޢީބޭކަލެކެވެ. މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރުގެފާނުގެ ކާފަ ދަރިކަލެކެވެ. ޢިލްމުވެރިކަމާ ޒާހިދުކަމާއި ތަޤްވާވެރިކަމުގައި އަރައިހުންނެވި ބޭކަލެކެވެ. އަދި އެކަލޭގެފާނުގެ ކާފާފުޅު عمر رضي الله عنه ފަދައިން، އެއްވެސް ޖެހިލުމެއްނެތި، ފާޅުގައި ޙައްޤުބަސް ވިދާޅުވުމުގައިވެސް ނަމޫނާއެކެވެ. އެއީ ކިތަންމެ ނުރައްކާތެރި ޙާލަތެއްކަމުގައިވީނަމަވެސް ޙައްޤުބަސް ވިދާޅުވުމުގައި އެކަލޭގެފާނު އެއްގޮތަކަށްވެސް ފަހަތަށް ޖެހިވަޑައިގެންފައެއްނުވެއެވެ.

އެއްފަހަރަކު މުސްލިމުންގެ ކޮންމެވެސް ބޭނުމަކަށްޓަކައި ޙައްޖާޖު ބިން ޔޫސުފުގެ ކައިރިޔަށް އެކަލޭގެފާނު ވަޑައިގަތެވެ. ޙައްޖާޖު، އެކަލޭގެފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައި ޢިއްޒަތާއި އިޙްތިރާމާއި އެކު އެކަލޭގެފާނާއި ބައްދަލުކުރިއެވެ. ކުޑައިރުކޮޅެއްވީތަނާ ހިލިހިލާއިން ކަސްތޮޅުއަޅައި ހައްޔަރުކޮށްގެން ބަޔަކުމީހުން

Thursday, June 2, 2011

ތަޙުޤީޤީ ނޫސްވެރިކަމުގެ ނަމުގައި ފާޙިޝް ޢަމަލުތަކަށް އަރައިނުގަންނާށެވެ


ލިޔުނީ: އަލްޖައްރާޙީ

ދިވެހިރާއްޖޭގައި މަސާޖުޕާލާތަކުގެ ނަމުގައި ނާސިގެތައް ހުޅުވައިގެން ހަށިވިއްކުމުގެ ވިޔަފާރި ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުން ގެންދާކަމީ ވަރަށް ގިނަ ބަޔަކަށް އެނގޭކަމެކެވެ. އެތަންތާގައި ކުރަނީ މަސާޖުނޫންކަމާ، ހިންގަނީ ﷲ ތަޢާލާ ޙަރާމްކުރައްވާފައިވާ ބޮޑެތި ފާޙިޝް ޖަރީމާތައްކަން ހުރިހާ އެންމެންނަށްވެސް އެނގެއެވެ. ސިފައިންނަށާ ފުލުހުންނަށްވެސް އެނގެއެވެ. އެތަންތަން ބަންދުނުކުރެވިގެން އުޅެނީ ފަހަރެއްގައިވެސް އެތަންތާގައި ހިންގާ ނުބައި ޖަރީމާތައް ކަމާބެހޭ ފަރާތްތަކަށް ނޭގޭތީއެއްނޫނެވެ. ޙަޤީޤަތަކީ ކުރީސަރުކާރުންވެސް އަދި މިއަދުގެ ސަރުކާރުންވެސް އެތަންތަން ބަންދުކުރުމަށް އެކަށީގެންވާ އެއްވެސް މަސައްކަތެއްކޮށްފައިވެސް އަދި ކުރަމުންވެސްނުދާކަމެވެ. 

ކަންއޮތީ މިހެންކަމަށްވާއިރު މަސާޖުޕާލާތަކުގެ ޙަޤީޤަތް ހޯދުމުގެ ބަހަނާގައި އަޅުގަނޑުމެންގެ ތެރޭގައި ތިބި ނޫސްވެރިންކަމަށް ދަޢުވާކުރާ ބަޔަކު ނާސިގެތަކަށް ވަދެ ބަދުއަޚުލާޤީ ޢަމަލު ހިންގައި އެމަންޒަރުތައް ވީޑިއޯކޮށް ތިމާމެންނަށް މިކުރެވުނީ ފިސާރިކަމެކޭ ހިތާ އެވާހަކަތައް އެމީހުން ނިސްބަތްވާ ނޫސްތަކުގައި އެއްވެސް ލަދުވެތިކަމެއް ނެތި ލިޔަމުން މިގެންދަނީ ކޮން މަޤްޞަދެއް ޙާޞިލްކުރަންބާއޭ ހިތަށްއަރައެވެ.