ސަޢުދީއަރަބިއްޔާގެ ގެއެއްގައި
ޚާދިމާއެއްގެ ގޮތުގައި މަސައްކަތްކުރަން އުޅުނު އިންޑޮނީޝިއާގެ އަންހެނަކު މެރުމަށް
ސަޢުދީއަރަބިއްޔާގެ ކޯޓަކުން ޙުކުމްކޮށްފިއެވެ.
މި އަންހެންމީހާގެ މައްޗަށް
މަރުގެ ޙުކުމް އިއްވާފައި މިވަނީ އޭނާ ޚިދުމަތްކޮށްދޭ ސަޢުދީ ޢާއިލާގެ ޢުމުރުން އެންމެ
4 އަހަރުގެ ތާލާ އައްޝަހްރީ މަރައިލުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވުމާއި ގުޅިގެންނެވެ.
އޭނާ މިޖަރީމާ ހިންގާފައިވަނީ ބޮޑުވަޅިއަކުން އަންހެންކުއްޖާގެ ކަރު ބުރިކޮށްލައިގެންނެވެ.
މިމައްސަލަ ބެލި ތިން ފަނޑިޔާރުންގެ
ބެންޗުން ވަނީ މަރުގެ އަދަބުގެ އިތުރުން އަންހެންމީހާ 8 މަހަށް ޖަލަށްލުމަށާއި 200
އެތިފަހަރުން ތަޢުޒީރުކުރުމަށްވެސް ޙުކުމްކޮށްފައެވެ. އެއީ އެނުބައި ޖަރީމާ ހިންގުމަށްފަހު
އަމިއްލައަށް މަރުވާން އުޅުނުކަމުގެ ކުށްވެސް އޭނާގެ ސާބިތުވެފައިވާތީއެވެ.








