Tuesday, July 19, 2011

ޣާފިލުކަމުން ހޭލާށެވެ


ލިޔުނީ: އަލްއަޚް އާދަމް

ޙަސަނުލް ބަޞަރީ އަކީ އެކަލޭގެފާނުގެ ޒަމާނުގައި އުޅުއްވި ނަންހުރި ޢިލްމުވެރިއެކެވެ. އަދި ޞާލިޙު ތަޤުވާވެރިއެކެވެ. މަރުގެ ވޭނާއި ނަރަކައިގެ ޢަޒާބުގެ މަތިން ހަނދުމަކުރެއްވުމުގެ ސަބަބުން އެކަލޭގެފާނު ހިނިފުޅުވަޑުވާ އުޅުއްވީ ވަރަށްވެސް މަދުންނެވެ. އެއްދުވަހަކު އެކަލޭގެފާނު ކޮންމެވެސް ތަނަކަށް ވަޑައިގަންނަވަނިކޮށް ހީނ މަޖާކުރުމުގައި މަޝްޣޫލުވެގެންވާ ޒުވާނެއް ފެނިވަޑައިގެންނެވިއެވެ. ޙަސަނުލް ބަޞަރީ، އެޒުވާނާ އާއި ސުވާލުކުރެއްވިއެވެ. [އޭ ޒުވާނާއެވެ! ތިބާ މިހާރު ޞިރާތު މަގު ހުރަސްކުރީ ހެއްޔެވެ؟ ތިބާ ދާނީ ސުވަރުގެއަށްކަން ނުވަތަ ނަރަކައަށްކަން ތިބާ އެނގިފައިވަނީ ހެއްޔެވެ؟] ޒުވާނާ ޖަވާބު ދިނެވެ. [ނޫނެކެވެ!] ޙަސަނުލްބަޞަރީ، އޭނާއަށް ވިދާޅުވިއެވެ. [އެހެންކަމަށްވާނަމަ ތިހާވަރަށް ތިބާ ތިޔަ ހެނީ ކީއްވެހެއްޔެވެ؟] ޙަޞަނުލްބަޞަރީގެ އެބަސްފުޅުގެ ސަބަބުން އެޒުވާނާ ޣާފިލުކަމުން ހޭލިއެވެ. އަދި މިޙަޔާތުގެ ޙަޤީޤަތް އޭނާއަށް ވިސްނުނެވެ. އޭގެ ފަހުން އެއްވެސް މީހަކަށް އެޒުވާނާ ހެނިކޮށް ފެނިފައެއްނުވެއެވެ. (ތަންބީހުލް ޣާފިލީން / ޝެއިޚް ސަމަރްޤަންދީ)

Thursday, July 14, 2011

ތަނބިކަށިން ތިރިޔަށް ފަޓްލޫނު ބެހެއްޓުމަކީ ކޮންކަހަލަ ކަމެއް؟

ޖަވާބު: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް

 
ސުވާލު:ތަނބިކަށިން ތިރިޔަށް ފަޓުލޫނު ބަހައްޓާ ޢިމާމެއްގެ ފަހަތުގަ ނަމާދު ޞައްހަ ވާނެތަ؟ އަދި ތަނބިކަށިން ތިރިޔަށް ލިބާސް ބެހެއްޓުމަކީ ކިހާވަރެއްގެ ނުބައި ކަމެއްކަން ބުނެދީފާނަންތަ؟
  
ޖަވާބު: الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ފިރިހެނުންގެ ލިބާސް ބެހެއްޓުން އެއްމެ ރަނގަޅު ހިސާބަކީ ކަށިމައްޗާއި ހަމައަށެވެ. ނުވަތަ ކުޑަކަޅުވާއާއި ހަމައަށެވެ. އަދި އެއްމެ ތިރިވެގެން ތަނބިކަށްޓަށް ވުރެ މަތީގައެވެ. އެއީ މުސްތަހައްބު (އެެދެވިގެންވާ ރަނގަޅު) ގޮތް ކަމާއި ތަނބިކަށްޓަށްވުރެ ތިރިއަށް ފިރިހެނާގެ ލިބާސް ބެހެއްޓުމަކީ މަކްރޫހަ (ނުރަނގަޅު) ކަމެއް ކަމާއި މެދުގައި ޚިލާފުވުމެއް ނުވެއެވެ. ފިރިހެނުންގެ ލިބާސް ތަނބިކަށްޓަށްވުރެ ތިރީގައި ބެހެއްޓުމަކީ ކިބުރުވެރިންގެ އަމަލެއްކަމުން އެކަން ނުކުރުމަށް އަމުރުކުރައްވައި އަދި އެފަދައިން ކަންތައް ކުރުމުގެ މައްޗަށް ވަޢީދުގެ ބަސްފުޅުތައް ވާރިދުވެފައި ވެއެވެ. 

ހަލާކުވި އިންޖީނު

ލިޔުނީ: އާދަމް ޔަޢީޝް

އެއްފަހަރަކު ވަރަށް ބޮޑު މަނަވަރެއްގެ އިންޖީނު ހުއްޓުނެވެ. ބޯޓުގެ ވެރިފަރާތުން އިންޖީނު ހެދޭތޯ މަސައްކަތްކުރަންފެށިއެވެ. ކަމުގެ ތަޖުރިބާ ހުރި އެތައް އެކްސްޕާޓުންނެއް ގެނައެވެ. އެކަމަކު އެއިން އެކަކަށްވެސް އިންޖީނަށް ދިމާވެފައިވާ މައްސަލަ ޙައްލެއްނުކުރެވުނެވެ. އެންމެފަހުން އިންޖީނު ހެދުމުގެ މަސައްކަތުގައި މުޅި އުމުރު ހޭދަކޮށްފައިހުރި މުސްކުޅިފުރައިގެ މީހަކު ގެނައެވެ. އޭނާގެ އަތުގައި މަސައްކަތަށް ބޭނުންވާނެ ސާމާނު އަޅާފައިވާ ވަރަށް ބޮޑު ދަބަހެއްވެސް އޮތެވެ. މުސްކުޅިޔާ ހަމަ ވަގުތުން މަސައްކަތަށް ފަށައިގަތެވެ. އޭނާ ވަރަށް ފަރުވާތެރިކަމާއެކު "އަލިފުން ޔާއަށް" މުޅި އިންޖީނު ބަލައި ތަޙުލީލުކުރިއެވެ.

Monday, July 4, 2011

ޚަލީފާ واثق با الله ގެ ވިސްނުންފުޅު



ތަރުޖަމާ: އިނާޒް ޢަދުނާން

އެއްދުވަހަކު ޢައްބާސީ ޚަލީފާ واثق با الله ގެ ދަރުބާރުގައި މީހަކު ކޮޅަށް ތެދުވެ ދެންނެވިއެވެ. [އޭ މުއުމިނުންގެ އަމީރެވެ! ރަޙިމުގެ ގުޅުން ދަމަހައްޓަވާށެވެ! މަނިކުފާނުގެ ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތްތަވާށެވެ! މަނިކުފާނުގެ ޚާންދާނުގެ މީހާއަށް ހެޔޮކޮށް ކަންތައްކުރައްވައި މަދަދުކުރައްވާށެވެ!]

واثق با الله ސުވާލުކުރެއްވިއެވެ. [ކަލެއަކީ ކާކު ހެއްޔެވެ؟ ކަލެއަކީ ކާކުކަމެއް ތިމަންނައަކަށް ނޭގެއެވެ. އަދި މީގެކުރިއަކުން ތިމަންނައަކަށް ކަލޭ ފެނިފައެއްވެސްނުވެއެވެ.]

އޭނާ ދެންނެވިއެވެ. [ސާހިބާއެވެ! އަޅުގަނޑަކީ މަނިކުފާނުގެ ކާފާފުޅު آدم عليه السلام ގެ ދަރިއަކީމެވެ.]