Monday, May 30, 2011

އަމިއްލައަށް ދުވަމުންދިޔަ ނައު

ތަރުޖަމާ: އިނާޒް ޢަދުނާން
 
އެއްފަހަރަކު ކަލަކު ވޮޑިގެންވާކަން ޤަބޫލުނުކުރާ މުލްޙިދުންގެ ބަޔަކާ، އިމާމް އަބޫ ޙަނީފާ އާއި ބައްދަލުވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެބައިމީހުންނާ ސުވާލުކުރެއްވިއެވެ. "ބިޔަ ރާޅުތައް ނަގަމުންދާ ގަދަ ކަނޑެއްގެ މެދުގައި ހުރި މުދަލާއި ސާމާނުން ބަރާކޮށްފައިވާ ނަވެކެވެ. ހަތަރުފަރާތުން ގަދަވައި އެނަވަށް ޖެހެމުން ދިޔައެވެ. ނަމަވެސް ވަރަށް މަޑުމައިތިރިކަމާއެކު އޭގެ މަންޒިލާ ދިމާއަށް އެނައު ދަތުރުކުރަމުން ދެއެވެ. އެއްވެސް ކަހަލަ ޚަލަލެއް ހަމަނުޖެހުމެއް އަދި މިސްރާބުން ކަސިޔާރުވުމެއްވެސް ނެތިއެވެ. ނަމަވެސް އެނަވުގައި އެދުއްވާނެ އަދި އޭގެ ކަންތައްތައް ބަލަހައްޓާނެ އެއްވެސް މީހަކުނެތެވެ. މިފަދަ ނަވަކާއި މެދު ކަލޭމެން ދެކެނީ ކިހިނަކުން ހެއްޔެވެ؟ ކަލޭމެންނަށް މިކަން ޤަބުލުކުރެވިދާނެ ހެއްޔެވެ؟ "

އެހުރިހާ އެންމެން އެއް އަޑަކުން ބުންޏެވެ.

ޙައްޤުބަސް ބުނާށެވެ! -1

ތަރުޖަމާ: އިނާޒް ޢަދުނާން
ޙައްޖާޖު ބިން ޔޫސުފަކީ އިސްލާމީ ތާރީޚު ދުށް އެންމެ ހިތްހަރު އަނިޔާވެރި ވެރީންގެ ތެރޭގައި ހިމެނުނު އެކަކެވެ. އޭނާގެ ކަނޑީގެ މިޔައިން ސަލާމަތްވޭތޯ ރަޙްމަތްތެރީންނާ ދުޝްމަނުން އެއްވަރަކަށް ދުޢާކުރަމުން ގެންދިޔައެވެ. ނަމަވެސް ޙައްޖާޖުގެ އަނިޔާވެރިކަމާއި ދެކޮޅަށް ކެރިގެން ކުރިމަތިލައްވައި އެކަންތައް ހުއްޓުވަން މަސައްކަތްކުރެއްވި މަދު ބޭކަލުންތަކެއް ތިއްބެވިއެވެ. އޭގެ ތެރެއިން އެއް ބޭކަލަކީ ޙަސަނުލް ބަޞަރީ (ރަޙިމަހުﷲ) އެވެ. އެކަލޭގެފާނު، ޙައްޖާޖުގެ ނުބައި ޢަމަލުތަކާއި ވަރުގަދަޔަކަށް ދެކޮޅުހެއްދެވިއެވެ. އަދި އޭނާގެ ކުރިމަތީގައި އެއްވެސް ބިރުފުޅެއްނެތި ޙައްޤުބަސް ވިދާޅުވިއެވެ.

ޙައްޖާޖު ބިން ޔޫސުފް، ޢިރާޤުގެ ވާސިޠުގައި އޭނާއަށްޓަކައި ވަރަށްބޮޑު ގަނޑުވަރެއް ބިނާކުރުވިއެވެ. އެގަނޑުވަރު ޢިމާރާތްކޮށް ނިމުމުން އެތަން ހުޅުވުމަށް ވަރަށްބޮޑު ރަސްމިއްޔާތެއް ބޭއްވިއެވެ. އަދި ޢާންމުންނަށް ވެސް އެގަނޑުވަރު ބެލުމަށް ދަޢުވަތުދިނެވެ. އެއީ އެމީހުން އެގަނޑުވަރަށް ތަޢުރީފުކޮށް ހެޔޮދުޢާ ކުރޭތޯއެވެ. މި ރަނުގެ ފުރުޞަތު އަތްޕުޅުންބީވެގެން ދިޔަދެއްވައިގެން ނުވާނެކަމަށް ޚިޔާލުކުރައްވައި ޙަސަނުލް ބަޞަރީވެސް ގެކޮޅުން ނުކުމެވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ މަޤްޞަދަކީ ގަނޑުވަރު ބެލުމަށް އެއްވެފައިވާ މީސްތަކުންނަށް ނަޞީޙަތްދެއްވުމުގެ މަތިވެރި ފަރުޟު އަދާކުރެއްވުމެވެ. ދުނިޔޭގެ ފިލައިދަނިވި މުދަލާއި ޒީނަތްތެރިކަމުން ރައްކާތެރިވެ، ﷲގެ ޙަޟްރަތުގައިވާ ދާއިމީ ނިޢްމަތްތައް ޙާޞިލްކުރުމަށް ގަދައަޅައި މަސައްކަތަކުރުމަށް ގޮވައިލެއްވުމެވެ. އެކަލޭގެފާނަށް ފެނިވަޑައިގަތީ މީސްތަކުން އެބޮޑު ގަނޑުވަރުގެ ވަށައިގެން ޖަމާވެފެއިވާތީއެވެ. މީސްތަކުންވަނީ އެގަނޑުވަރުގެ ރީތިކަމާ ތަނަވަސްކަމާމެދު ޙައިރާންވެ އަންތަރީސްވެފައެވެ. އަދި އެތާނގެ އުފަލާއި އަރާމަށް އެބައިމީހުން އެދިއެދި ތިބި ކަހަލައެވެ.