ލިޔުނީ: އަލްއަޚް އާދަމް
ވޭތުވެދިޔަ ވިހި
އަހަރުގެ ތެރޭގައި ފަލަ މީހުންގެ ނިސްބަތް އަށްޑިހަ ދެ އިންސައްތަ އިތުރުވެފައިވާކަމަށް
ދާދިފަހުން ހާމަކުރެވުނު ދިރާސާއަކުން ދައްކައިފިއެވެ.
ޞިއްޙަތާ ބެހޭ މަޖައްލާއެއްކަމުގައިވާ
"ދި ލާންސެޓް" އިން ކުރި މި ދިރާސާއިން ދައްކާގޮތުން އާދަޔާޚިލާފަށް
ފަލަވުމުގެ ސަބަބުން ޖެހުނު ބަލިތަކުގައި 2010 ވަނަ އަހަރު ތިން މިލިޔަން މީހުން ވަނީ
މަރުވެފައެވެ. މިއީ ބަނޑުހައި ހޫނުކަމުގެ ސަބަބުން މަރުވި މީހުންގެ ނިސްބަތަށްވުރެ
ތިން ގުނަ އިތުރު ޢަދަދެކެވެ.
ދުނިޔޭގެ ފެންވަރުގައި
ކުރެވުނު މި ބޮޑު ދިރާސާއިން އެގުނުގޮތުގައި ވޭތުވެދިޔަ ވިހި އަހަރުގެ ތެރޭގައި އިންސާނުންގެ
އެވްރެޖް ޢުމުރު މައްޗަށް ގޮސްފައިވާއިރު ނުރައްކާތެރި ބަލިތައްވެސް ދަނީ އިތުރުވަމުންނެވެ. އަނެއްކޮޅުން އެކި ޤައުމުތަކުގެ މީހުންގެ
މެދުގައި އެވްރެޖް ޢުމުރުގައި ވަރަށް ބޮޑެތި ތަފާތުތަކެއްވެސް އެބަހުއްޓެވެ. އަވަހަށް
މަރުވާ މީހުންގެ ނިސްބަތް އެންމެ މަތީގައި އުޅެނީ އެފްރިކާގެ ސަބް ސަހާރާ ސަރަޙައްދުގެ
ޤައުމުތަކުގައެވެ.



