Saturday, June 11, 2011

އެމްޑީޕީގެ ފަރާތުން ތޮއްޑޫގައި ބޭއްވި ޖަލްސާގައި ހިނގާދިޔަ އަޚްލާޤީގޮތުން ދަށްފެންވަރުގެ ޢަމަލުތައް ޢަދާލަތުން ކުށްވެރިކޮށްފި


"ތޮއްޑޫ ދާއިރާ މެކުހަށް" މިނަމުގައި އެމްޑީޕީގެ ފަރާތުން އއ.ތޮއްޑޫގައި ބޭއްވި ޖަލްސާގައ ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އާއި، ސަރުކާރުގެ ބައެއް އިސްވެރިންގެ ކިބައިން ފެނިގެން ދިޔަ ސުލޫކީގޮތުން ދަށްފެންވަރުގެ ޢަމަލުތައް ޢަދާލަތު ޕާޓީން ކުށްވެރިކޮށްފިއެވެ.

އެޕާޓީގެ ބާޔާނުގައިވާ ގޮތުން ރިޝްވަތާއި އެކިއެކި ނުފޫޒުގެ ބޭނުންކޮށްގެން ތިމާމެންގެ ޕާޓީއަށް ބައިގިނަ ވުމަކީ ނަސްރެއްކަމުގައި ދެކެ، އެކަން ފާހަގަކުރުމުގެ ގޮތުން ޕާޓީ ބާއްވައި، މުޅި ގައުމުގެ ކުރިމަތީގައި ނަށައި، ލަވަޔާއި ނާޗަރަންގީ ކުޅެގެން ޤައުމު އިސްލާޙެއް ނުކުރެވޭނެކަމަށާއި ޢަޞަބިއްޔަތުގެ ކުލައިން ފެވިފައިވާ، އަޚުލާގީ ގޮތުން ދަށް ފެންވަރުގެ އެ ޖަލްސާގައިި ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެން، އަންހެނުންނާއި ފިރިހެނުން މަސްހުނި ގޮތުގައި ޑީޖޭ ގެ ސްޓައިލަށް ނަށްޓަވައި ހެއްދެވުމަކީ އިސްލާމީ ޙުދޫދު ތަކާއި، އަޚުލާގީ މިންގަޑުތަކާއި އަދި ދިވެހި ޤައުމުގެ ވެރިކަމުގެ ކަރާމަތް ވެއްޔާއި މޮޑެލުން ކަމުގައި ޢަދާލާތު ޕާޓީ ދެކޭކަމަށް ބުނެފައިވެއެވެ.
 
އަދި ޤައުމު ތަކުގެ ވެރީންނަކީ  ރައްޔިތުންނަށް ނަމޫނާއަކަށްވަން ޖެހޭނެ ބައެއްކަމަށްވާއިރު ސައްތަ އިން ސައްތަ މުސްލިމް ޤައުމުގެ ވެރިންގެ ކިބައިން ފެނިގެން މިދިޔަ އަޚުލާގީ އަދި ސުލޫކީ ގޮތުން ދަށްފެންވަރުގެ މަންޒަރު ތަކުން އެބޭފުޅުންނަކީ އިސްލާމީ ގައުމެއްގެ އެންމެ މަތީ ވެރިކަމާއި ކުފޫ ހަމަވެގެންވާ ބައެއް ކަމާއިމެދު ސުވާލު އުފައްދާފައިވެއެވެ.

އެބަޔާން ނިންމާލަމުން ދިވެހި ރާއްޖޭގެ ސިޔާސީ ލަގަން މިހާރު ބަދަލުވެގެން މިދަނީ އެެމް.ޑީ.ޕީގެ ޚުދު މުޚުތާރު، ލާދީނީ ވެރި ކަމަކާއި ދިމާލަށްކަމަށާއި އަދި ރޭގައި ހާމަވެގެން އެދިޔައީ އެބައިމީހުންގެ ޙަޤީޤީ ސިފަ ކަމާއި، ކުރިމަގުގައި ފާޅުވެގެން ހިގައިދާނެ “ބޮޑު މަންޒަރަކަށް” ކުރިމަތި ލެއްވުމުގައި ދީނާއި އަދި ޤައުމަށް ވަފާތެރި ދިވެހި ދަރީން ސާބިތުވެ ތިއްބެވުމަށްވެސް ގޮވާލާފައިވެއެވެ. 

ބަޔާން އެއްކޮށް ވިދާޅުވުމަށް: adhaalath.org.mv

1 comment:

  1. varah dhashu dharajaige amaleh raees meehaa mi hingee. thoddu meehun ves vaki sahaleh noon

    ReplyDelete