އެރެއަށްފަހު
އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވިއެވެ. އަހަރެންނަށް އަލްޙަމްރާގެ
ގަނޑުވަރުތައް ފެންނަ ކޮންމެ ފަހަރަކު ނުވަތަ ޣަރުނާޠާގެ ދިގު މުންނާރުތައް ފެންނަ
ކޮންމެ ހިނދަކު އަހަރެންގެ ހިތުގެ ޙާލަތު ތަޣައްޔަރުވެގެންދެއެވެ. ބައެއްފަހަރު
އެގަނޑުވަރުތަކާއި މެދު އޮންނަ ލޯބި އިތުރުވެގެންދެއެވެ. އަނެއްބައި ފަހަރު
އެގަނޑުވަރުތަކާއި މެދު ނަފްރަތު އުފެދެއެވެ. އަހަރެން އެތައްފަހަރަކު
އެގަނޑުވަރުތަކުގެ ވަށައިގެން ބުރުޖަހަމެވެ. އެގަނޑުވަރުތަކާއި މުޚާޠަބުކުރަމެވެ.
[އޭ އަލްޙަމްރާއެވެ! އޭ މުސްލިމުންގެ މަތިވެރިކަމުގެ އަމީނެވެ! ތިބާ ބިނާކުރި މީހުންގެ
މަތީން ތިބާ ހަނދާން އެބަހުރި ހެއްޔެވެ؟ އެމީހުން ނުހަނު ލޯތްބާއި އިޙުތިރާމާއެކު
ތިބާ ޢިމާރާތްކުރިއެވެ. އެމީހުންގެ ލެއާއި ދަލުގެ ފައިސާ ތިބާއަށް ހޭދަކުރިއެވެ. ތިބާ
މިހާރު އެމީހުންގެ ވޭންތައް ހަނދާންނެތުނީ ހެއްޔެވެ؟ ތިބާގެ ބަރެންޑާގައި ދެކޮޅަށް
ހިނގާލަހިނގާލައި އުޅުނު ރަސްރަސްކަލުންގެ މަތީން ހަނދާނެއްނުވޭހެއްޔެވެ؟ ތިބާގެ
ގޮނޑިތަކުގައި އިށީނދެ އުޅުނު ޢިލްމުވެރި، ޢިއްޒަތްތެރި، ދީލަތި މީހުންގެ މަތީން ހަނދާނެއް ނުކުރަން ހެއްޔެވެ؟ ނޫނީ ތިބާ މިހާރު ރަނގަބީލުގެ
އަޑު ދެކެ ލޯބިވީ ހެއްޔެވެ؟ ތިބާއަށް ފާދިރީން ކަމުދިޔައީ ހެއްޔެވެ؟]
مسافر
Tuesday, May 14, 2013
Wednesday, May 8, 2013
ޙައްޤު މަގުގައި ސާބިތުވި ދެބަފައިން - 2
އެންމެފަހުން ބައްޕަ
ކުރިއަށް ޖެހި ލޯތްބާއި އެކު އަހަރެންގެ އަތުގައި ހިފުމަށްފަހު ބުނަންފެށިއެވެ.
[އަހަރެންގެ ލޯބިވާ ދަރިފުޅާއެވެ! ދަރިފުޅުގެ ޢުމުރުން މިހާރު 10 އަހަރު ވީއެވެ.
ދަރިފުޅު މިހާރު ތިޔަ ކުރިމަތިލަނީ ޒުވާންކަމުގެ ދުވަސްތަކާއެވެ. މިއޮތް ހުރިހާ
ދުވަހު ދަރިފުޅަށް ސިއްރުކޮށްގެން އުޅުނު ކަންތައް މިއަދު ދަރިފުޅަަށް އަންގަން
ބައްޕަ ބޭނުމެވެ. ދަރިފުޅަށް މި ސިއްރު، ސިއްރެއްގެ
ގޮތުގައި ހިފެހެއްޓިދާނެ ހެއްޔެވެ؟ ދަރިފުޅާއެވެ! މި ސިއްރު ފުރިހަމަޔަށް
ފޮރުވާށެވެ! ތިބާގެ މަންމައަށާއި ގާތްތިމާގެ މީހުންނަށާއި އެކުވެރީންނަށްވެސް
ވަންހަނާކުރާށެވެ! ފަހަރެއްގައިވެސް މީހަކަށް ފާޅުނުކުރާށެވެ! އެއްވެސް މީހަކަށް މި ސިއްރުގެ އިޝާރާތެއްގެ
މިންވަރުކުރިޔަސް ސިއްރު ފުލުހުން ދަރިފުޅުގެ ބައްޕަ ކުދިކުދިކޮށް ކޮށައިލާނެއެވެ.]
Labels:
ސިލްސިލާ,
ޢިބްރަތްތެރިި ވާހަކަ
Friday, May 3, 2013
ޙައްޤު މަގުގައި ސާބިތުވި ދެބަފައިން - 1
އޭރު އަހަރެންނަކީ
ކުޑަކުއްޖަކީމެވެ. ގޭތެރޭގައި ހިނގަމުންދާ ކަންތައްތަކެއް އަހަރެންނަކަށް
ނޭގެއެވެ. އަހަރެންނަށް، އަހަރެންގެ ލޯބިވާ ބައްޕަ ފެންނަ ކޮންމެ ފަހަރަކުވެސް
ބައްޕަ ހުންނަނީ ނުލާހިކު ކަންބޮޑުވެ ހާސްވެފައެވެ. ހަދާނެގޮތް ހުސްވެފައެވެ.
އަބަދުވެސް ކޮންމެވެސް ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. ބައްޕަގެ
ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެފައިވާ ތަން ފެންނާނީ މަދު ފަހަރަކުއެވެ.
ކޮންމެ ދުވަހަކުވެސް ބައްޕަގެ މޫނުމަތީން ފެންނަނީ މަރުގެ
އަސަރުތަކެވެ.
ކޮންމެ ދުވަހަކުވެސް
މަދަރުސާއިން ގެއަށް އާދެވުމާއެކު މަދަރުސާގައި ދަސްކުރި އިންޖީލުގެ އާޔަތްތައް އަހަރެން،
ބައްޕައަށް ކިޔައިދެމެވެ. އަދި އަލަށް ދަސްވާ ސްޕެނިޝް ބަހުގެ ލަފްޒުތައްވެސް
ކިޔައިދެމެވެ. ކުޑައިރުކޮޅެއް ވާންދެން، އަހަރެން ދައްކާ ވާހަކަތައް އަޑުއަހަން
ހުރުމަށްފަހު ގޭގެ އެންމެ އެތެރޭގައި ހުންނަ ކޮޓަރިއަށް ބައްޕަ ހިނގައިދެއެވެ.
އާނއެކެވެ! އެއްވެސް މީހަކަށް ވަނުމުގެ ހުއްދަ ނެތް ކޮޓަރިއަށެވެ. ސިއްރުތަކުން
ފުރިފައިވާ ކޮޓަރިއަށެވެ.
Labels:
ސިލްސިލާ,
ޢިބްރަތްތެރިި ވާހަކަ
Sunday, April 14, 2013
ތަޤުވާވެރިކަމުގެ އިނާމު
ޝާމްކަރައިގެ
މަޝްހޫރު ޢިލްމުވެރިޔާ ޝެއިޚް ޠަންޠާވީ އޭނާގެ ހަނދާނުގެ ޞަފްޙާތަކުގައި މި ވާހަކަ
ބަޔާންކުރައްވާފައިވެއެވެ. އެވާހަކަ ވަނީ މިފަދައިންނެވެ. އެއްދުވަސްވަރެއްގައި
އުޅުނު ވަރަށްވެސް ހެޔޮލަފާ ޞާލިޙް ފިރިހެން ކުއްޖެކެވެ. އޭނާގެ ކިބައިގައި ﷲ އަށް
ބިރުވެތިވުމާއި ތަޤުވާވެރިކަމުގެ ސިފަ އެކުލެވިގެންވެއެވެ. އެކަމަކު އިލްމު
ޙާޞިލްކުރުމުގެ މާބޮޑު ޝައުޤުވެރިކަމެއް އޭނާގެ ކިބަޔަކު ނުހުރެއެވެ. އޭނާ
ކިޔަވަން ގޮސް އުޅުނީ ދީނީ މަދަރުސާއަކަށެވެ. އޭނާއަކީ އުސްތާޒު ބުނާގޮތަކަށް
ޢަމަލުކުރާ ކުއްޖެކެވެ. އެދުވަސްވަރަށް ފުދޭ މިންވަރަށް އެދަރިވަރަށް ޢިލްމު
ޙާޞިލްކުރެވިއްޖެކަން އުސްތާޒަށް އެނގުނު ހިނދު އެޒުވާނާ އާއި އެކުލާހުގެ
އެހެނިހެން ދަރިވަރުންނަށް އެންމެ ފަހުގެ ނަސޭޙަތްދެއްވަމުން އުސްތާޒު
ވިދާޅުވިއެވެ.
Labels:
ޢިބްރަތްތެރިި ވާހަކަ
Sunday, March 31, 2013
ވަފާތެރި އަޢުރާބީ
حجاج بن يوسف الثقفي ޢިރާޤުގެ ގަވަރުނަރުކަމުގައި ހުރި ދުވަސްވަރު ވަރަށް ގިނަ
ބަޣާވާތްތަކެއް ސަރުކާރާއި ދެކޮޅަށް ކުރެވިފައިވެއެވެ. ނަމަވެސް ޙައްޖާޖު
ގެންދިޔައީ އެހުރިހާ ބަޣާވާތެއްވެސް ވަރަށް ހަރުކަށިކަމާއެކު ފުނޑުފުނޑުކުރަމުންނެވެ.
އެއްފަހަރަކު އެފަދަ ބާޣީ ޤައުމެއްގެ މައްޗަށް އޭނާއަށް ކާމިޔާބު ލިބުނެވެ. ޙައްޖާޖު
އޭނާގެ ސިފައިންނަށް އަމުރުކުރީ އެހުރިހާ އެންމެން ޤަތުލުކޮށްލުމަށެވެ. ޙައްޖާޖުގެ
އަމުރު އައުމާއެކު ޖައްލާދުން ޤަތުލުކުރުމުގެ މަސައްކަތް ފަށައިގަތެވެ. ޤަތުލުކުރަމުން
ގޮސް ބާކީ އެންމެ އަޢުރާބީއެއް ހުއްޓައި ނަމާދު ވަގުތުވެއްޖެއެވެ. ޙައްޖާޖު، އޭނާގެ އިތުބާރުކުރެވޭ ކޮމާންޑަރެއްކަމުގައިވާ قتيبة بن مسلم الباهلي އަށް ގޮވައި ގެނެސްފައި ބުންޏެވެ. [މި މީހާ، މިރޭ ކަލޭގެ
ކައިރީ ބެހެއްޓުމަށްފަހު، މާދަމާ އަހަރެންގެ ކުރިމައްޗަށް ގެންނާށެވެ!]
Labels:
އިސްލާމީ ތާރީޚް,
ޢިބްރަތްތެރިި ވާހަކަ
Saturday, March 23, 2013
ޢަބްދުﷲ ބުނު ޙުޛާފާ ރަޟިޔަﷲ ޢަންހު – 3 ވަނަބައި
ދެންއޮތީ ރޫމުގެ ޤައިސަރުގެ ދަރުބާރަށް އެކަލޭގެފާނު ވަޑައިގަންނަވަން
ޖެހުނު ގޮތުގެ ވާހަކައެވެ. މިޙާދިޘާ ހިނގާފައިވަނީ ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ
ޢަންހުގެ ޚަލީފާކަމުގެ ދުވަސްވަރުއެވެ.
ހިޖުރައިން ނަވާރަ ވަނަ އަހަރު އަމީރުލްމުއުމިނީން ޢުމަރު
ބުނުލް ޚައްޠާބު، އިސްލާމީ މުޖާހިދުންގެ ލަޝްކަރެއް ރޫމީންނާއި ހަނގުރާމަކުރެއްވުމަށްޓަކައި
މަދީނާއިން ފުރުވައިލެއްވިއެވެ. މި ލަޝްކަރުގައި ޢަބްދުﷲ ބިން ޚުޛާފާ ރަޟިޔަﷲ ޢަންހު
ވެސް ހިމެނިވަޑައިގަންނަވައެވެ. މި ލަޝްކަރުގެ ހުރިހާ ޚަބަރުތަކެއް ރޫމުގެ ރަސްގެފާނަށް
ބަރާބަރަށް ލިބެމުން ދިޔައެވެ. މުސްލިމު މުޖާހިދުންގެ ހިތްވަރުގަދަކަމާއި، ތެދުވެރިކަމާއި،
ﷲ ގެ މަގުގައި އެމީހުންގެ ޖާނުން ޤުރުބާންވާން ތައްޔާރަށް ތިބޭ މިންވަރުވެސް އޭނާ ރަގަޅަށް
ވަޒަންކުރެވުނެވެ. ޤައިސަރު އޭނާގެ ސިފައިންނަށް އަންގާފައި ވަނީ މުސްލިމުންގެ ލަޝްކަރުން
މީހަކު ހައްޔަރުކުރެވިއްޖެނަމަ އެމީހަކު ޤަތުލުނުކޮށް އޭނާގެ ކުރިމައްޗަށް ގެނައުމަށެވެ.
މިކަމާއި ކުރިމަތިލައްވަން ޖެހިވަޑައިގައިތީ އަބްދުﷲ ބުނު ޙުޛާފާ އަށެވެ. ރޫމީ ލަޝްކަރުގެ
ސިފައިން އެކަލޭގެފާނު ހައްޔަރުކޮށްގެން ޤައިސަރުގެ ކުރިމައްޗަށް ޙާޟިރުކުރިއެވެ. އަދި
ދެންނެވުނެވެ. [އަޅުގަނޑުމެން މަނިކުފާނުގެ ކުރިމައްޗަށް މިގެނައި މީހަކީ
މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) ގެ އެކުވެރީންގެ ތެރެއިންވާ މީހެކެވެ. އެކަލޭގެފާނުގެ
ދަޢުވަތަށް އެންމެ ފުރަތަމަ އިޖާބަ ދިން މީހުންގެ ތެރެއިން އެކަކެވެ.
Labels:
އިސްލާމީ ތާރީޚް,
ސިލްސިލާ,
ޝަޚްޞިއްޔަތު
Tuesday, March 19, 2013
އިންޑޮނީޝިއާގެ އަންހެނަކު މެރުމަށް ސަޢުދީގެ ކޯޓަކުން ޙުކުމްކޮށްފި
ސަޢުދީއަރަބިއްޔާގެ ގެއެއްގައި
ޚާދިމާއެއްގެ ގޮތުގައި މަސައްކަތްކުރަން އުޅުނު އިންޑޮނީޝިއާގެ އަންހެނަކު މެރުމަށް
ސަޢުދީއަރަބިއްޔާގެ ކޯޓަކުން ޙުކުމްކޮށްފިއެވެ.
މި އަންހެންމީހާގެ މައްޗަށް
މަރުގެ ޙުކުމް އިއްވާފައި މިވަނީ އޭނާ ޚިދުމަތްކޮށްދޭ ސަޢުދީ ޢާއިލާގެ ޢުމުރުން އެންމެ
4 އަހަރުގެ ތާލާ އައްޝަހްރީ މަރައިލުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވުމާއި ގުޅިގެންނެވެ.
އޭނާ މިޖަރީމާ ހިންގާފައިވަނީ ބޮޑުވަޅިއަކުން އަންހެންކުއްޖާގެ ކަރު ބުރިކޮށްލައިގެންނެވެ.
މިމައްސަލަ ބެލި ތިން ފަނޑިޔާރުންގެ
ބެންޗުން ވަނީ މަރުގެ އަދަބުގެ އިތުރުން އަންހެންމީހާ 8 މަހަށް ޖަލަށްލުމަށާއި 200
އެތިފަހަރުން ތަޢުޒީރުކުރުމަށްވެސް ޙުކުމްކޮށްފައެވެ. އެއީ އެނުބައި ޖަރީމާ ހިންގުމަށްފަހު
އަމިއްލައަށް މަރުވާން އުޅުނުކަމުގެ ކުށްވެސް އޭނާގެ ސާބިތުވެފައިވާތީއެވެ.
Labels:
ޚަބަރު
Tuesday, March 12, 2013
ޢަހުދަށް ވަފާތެރިވުން
ދުވަސްވަރަކީ އުމަވީންގެ ވެރިކަންނިމި ޢައްބާސީންގެ ވެރިކަން
ފެށުނު ދުވަސްވަރެވެ. ޢައްބާސީންގެ ކަނޑީގެ މިޔައިން ސަލާމަތްވުމަށްޓަކައި ބަނޫ
އުމައްޔާގެ އެންމެހާ ބޮޑު ބޮޑެތީން ގެންދިޔައީ އަމިއްލަ ނަފްސައިގެން ފިލޭތޯ
މަސައްކަތްކުރަމުންނެވެ. އަނެއްކޮޅުން ޢައްބާސީން ގެންދިޔައީ އުމަވީން
ހޯދުމަށްޓަކައި ހުރިހާ ތަނެއް ބަލައި ހޯދަމުންނެވެ.
އިބްރާހީމް ބިން ސުލައިމާން ބިން ޢަބްދުލްމަލިކުވެސް
ހިމެނުނީ ބަނޫއުމައްޔާގެ ފިލައިގެން އުޅޭ ސަރުދާރުންގެ ތެރޭގައެވެ. އެންމެފަހުން
ޢައްބާސީންގެ ފުރަތަމަ ޚަލީފާ އަބޫ ޢަބްދުﷲ ސައްފާޙުގެ އަރިސް މީހުން ޚަލީފާގެ އަރިހުގައި
އިބްރާހިމްއަށް ޝަފާޢަތްތެރިވިއެވެ. ޚަލީފާ އޭނާގެ ގާތް އެކުވެރީންގެ ބަސް
ޤަބޫލުކުރައްވައި އިބްރާހީމް ބިން ސުލައިމާނަށް އަމާންކަންދެއްވިއެވެ. އަމާންކަން
ލިބުމުން އިބްރާހިމް، ޚަލީފާގެ އަރިހަށް އައިސް ކުށްތަކަށް މަޢާފަށް އެދުނެވެ. ޚަލީފާ އޭނާއަށް
ކަމޭ ހިއްތަވައި ޢިއްޒަތްދެއްވިއެވެ. އަދި ޚަލީފާގެ ޚާޢްޞަ އެކުވެރިންގެ ތެރޭގައި
ހިމެނުއްވިއެވެ.
Labels:
އިސްލާމީ ތާރީޚް,
ޢިބްރަތްތެރިި ވާހަކަ
Thursday, March 7, 2013
ޢަބްދުﷲ ބުނު ޙުޛާފާ ރަޟިޔަﷲ ޢަންހު – 2 ވަނަބައި
ޢަބްދުﷲ
ބުނު ޙުޛާފާ ރަޟިޔަﷲ އަންހު، ކިސްރާގެ ދަރުބާރުން ނުކުމެވަޑައިގެން ހިންގަވައިގެންނެވިއެވެ.
އެބައިމީހުން އެކަލޭގެފާނަށް ދެން ހަދާނެގޮތެއް އެނގިވަޑައިގެންނުވާ ޙާލުކޮޅެއްގައެވެ.
އެމީހުން އެކަލޭގެފާނު ޤަތުލުކޮށްލާނެކަމެއް ނުވަތަ އެނބުރި ދިއުމަށް ދޫކޮށްލާނެކަމެއް
އެކަލޭގެފާނަކަށް އެނގިވަޑައެއްނުގަންނަވައެވެ. އެކަލޭގެފާނު ކިސްރާގެ ދަރުބާރުން ނުކުމެވަޑައިގެން
ވިދާޅުވިއެވެ. [ﷲ ގަންދީ ބުނަމެވެ! މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފަތްކޮޅު
ފޯރުކޮށްދިނުމަށްފަހު އެބައިމީހުން އަހުރެންނާ މެދު ކޮންމެ ފަދަ ގޮތަކަށް ކަންތައްކުރި
ނަމަވެސް އަހަރެންގެ އެއްވެސް ފަރުވާލެއްނެތެވެ.]
ދެން ޖަމަލުކޮޅަށް ސަވާރުވެވަޑައިގެން މަދީނާއަށް ދަތުރުފުޅު ފެއްޓެވިއެވެ.
ދެންފަހެ ކިސްރާގެ
ގާތަށް އައިސްފައިވާ ރުޅިގަނޑު މައިތިރިވުމުން އޭނާގެ ކުރިމައްޗަށް ޢަބްދުﷲ ބިން ޚުޛާފާ
ދެވަނަ ފަހަރަށް ޙާޟިރު ކުރުމަށް ދަރުބާރީންނަށް އަމުރުކުރިއެވެ. އެބައިމީހުން އެކަލޭގެފާނު
ފެނޭތޯ ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ފެންނަ ގޮތެއް ނުވިއެވެ. އެންމެފަހުން
އެބައިމީހުންނަށް އެނގުނީ ފާރިސްކަރައިގެ ސަރަޙައްދު ދޫކުރައްވައި މާދުރަށް އެކަލޭގެފާނު
ވަޑައިގެންފިކަމެވެ.
Labels:
އިސްލާމީ ތާރީޚް,
ސިލްސިލާ,
ޝަޚްޞިއްޔަތު
Saturday, March 2, 2013
އެންމެ ކަމުދިޔަ ތިން ޙަދީޘް
އިމާމް ސުފިޔާން
ބިން ޢުޔައިނާ (ރަޙިމަހުﷲ) އަކީ އެކަލޭގެފާނުގެ ޒަމާނުގެ މަޝްހޫރު ޙަދީޘް
ޢިލްމުވެރިއެކެވެ. އެހެންކަމުން
އިސްލާމީ ދުނިޔޭގެ އެކިކަންކޮޅުތަކުން ޢިލްމު އުނގެނުމަށްޓަކައި ވަރަށް ގިނަ
ޢަދަދަކަށް އެކަލޭގެފާނުގެ އަރިހަށް ދަރިވަރުން އާދެއެވެ. މިގޮތުގެ މަތީން އެއްފަހަރަކު އައި (ރަށްފުށުގެ)
ޢައުރާބީއަކު ވަރަށް ގިނަ ދުވަސްތަކެއް ވާންދެން އެކަލޭގެފާނުގެ އަރިހުގައި ޢިލްމު
ޙާޞިލްކުރަން އުޅުނެވެ. ދުވަސްތަކަކަށް ފަހު ސުފިޔާންގެ އަރިހުން ވަކިވެގެން
އޭނާގެ ވަޠަނަށް އެނބުރި ދިއުމަށް އަޢުރާބީ ގަސްތުކުރިއެވެ. އެހިނދު އިމާމް
ސުފިޔާން، އަޢުރާބީ އާއި ސުވާލުކުރެއްވިއެވެ. [ތިބާ ވަރަށް ގިނަ ދުވަސްތަކެއް
ވާންދެން އަހަރެންގެ ކައިރީގައި ޢިލްމު ޙާޞިލްކުރަން އުޅެފީމެވެ. ބުނެބަލާށެވެ!
ތިމަން ބަޔާންކުރި ޙަދީޘްތަކުގެ ތެރެއިން ތިބާ އަށް އެންމެ ކަމުދިޔައީ ކޮންކޮން
ޙަދީޘެއް ހެއްޔެވެ؟]
Labels:
އިސްލާމީ ތާރީޚް,
ޢިބްރަތްތެރިި ވާހަކަ
Subscribe to:
Posts (Atom)







