Thursday, June 30, 2011

ވަޢުދު ފުއްދުން


ތަރުޖަމާ: އިނާޒް ޢަދުނާން

މުސްލިމުން އަންދަލުސްގައި (މިހާރުގެ ސްޕޭން) ވެރިކަންކުރަމުން ގެންދިޔަ ދުވަސްވަރު އެތާނގެ ދެޙާކިމުންކަމުގައިވާ حارس بن عباد އާއި عدي بن أبي ربيعة ދެމެދުގައި ހަނގުރާމައެއް ފެށުނެވެ. حارس بن عباد ގެންދިޔައީ عدي بن أبي ربيعة ހޯދައި ހައްޔަރުކުރުމަށް މަސައްކަތްކުރަމުންނެވެ. އޭގެ ދެމީހުން ކުރިއަކުން ބައްދަލުވެފައެއްނުވެއެވެ. އަދި އެކަކަށް އަނެކަކު ނުވެސް އެނގެއެވެ.  حارس ބޭނުންވެގެން އުޅެނީ عدي ގެ ފަރާތުން ކުރީގައި ހިނގާފައިވާ ކަމެއްގެ ބަދަލުހިފުމަށެވެ. ނަމަވެސް ހަނގުރާމަ ނުފެށިގެން އުޅެނިކޮށް حارس ގެ ސިފައިން އިދިކޮޅު ލަޝްކަރުގެ މީހެއް ހައްޔަރުކޮށްގެން އޭނާގެ ކައިރިއަށް ގެނައެވެ. އެހިނދު حارس ޤައިދީއާ ސުވާލުކުރިއެވެ. [عدي بن أبي ربيعة ވީތަނެއް އަހަރެން ކައިރީ ބުނާށެވެ!]

ޤައިދީ ދެންނެވިއެވެ. [ތިމަން  عدي بن أبي ربيعة ވީތަނެއް ބުނެދީފިނަމަ ތިބާ، އަހަރެން މިނިވަންކޮށް ދޫކޮށްލާނަން ހެއްޔެވެ؟]

حارس ވިދާޅުވިއެވެ. [އާނއެކެވެ! ތިބާ ދޫކޮށްލާނެކަމަށް އަހަރެން ވަޢުދުވަމެވެ.]

ޤައިދީ ދެންނެވިއެވެ. [އެހެންކަމަށްވާނަމަ އަޑުއަހާށެވެ!  عدي بن أبي ربيعة އަކީ އަހަރެންނެވެ.]

ކޮންމެއަކަސް  حارس بن عباد އޭނާގެ ވަޢުދަށް ޙުރުމަތްތެރިކޮށް ހިތުމުގެގޮތުން  عدي މިނިވަންކޮށް ދޫކޮށްލިއެވެ.
*****

މަޞްދަރު: سنہرے اوراق / عبد المالك مجاهد

No comments:

Post a Comment