Tuesday, July 19, 2011

ޣާފިލުކަމުން ހޭލާށެވެ


ލިޔުނީ: އަލްއަޚް އާދަމް

ޙަސަނުލް ބަޞަރީ އަކީ އެކަލޭގެފާނުގެ ޒަމާނުގައި އުޅުއްވި ނަންހުރި ޢިލްމުވެރިއެކެވެ. އަދި ޞާލިޙު ތަޤުވާވެރިއެކެވެ. މަރުގެ ވޭނާއި ނަރަކައިގެ ޢަޒާބުގެ މަތިން ހަނދުމަކުރެއްވުމުގެ ސަބަބުން އެކަލޭގެފާނު ހިނިފުޅުވަޑުވާ އުޅުއްވީ ވަރަށްވެސް މަދުންނެވެ. އެއްދުވަހަކު އެކަލޭގެފާނު ކޮންމެވެސް ތަނަކަށް ވަޑައިގަންނަވަނިކޮށް ހީނ މަޖާކުރުމުގައި މަޝްޣޫލުވެގެންވާ ޒުވާނެއް ފެނިވަޑައިގެންނެވިއެވެ. ޙަސަނުލް ބަޞަރީ، އެޒުވާނާ އާއި ސުވާލުކުރެއްވިއެވެ. [އޭ ޒުވާނާއެވެ! ތިބާ މިހާރު ޞިރާތު މަގު ހުރަސްކުރީ ހެއްޔެވެ؟ ތިބާ ދާނީ ސުވަރުގެއަށްކަން ނުވަތަ ނަރަކައަށްކަން ތިބާ އެނގިފައިވަނީ ހެއްޔެވެ؟] ޒުވާނާ ޖަވާބު ދިނެވެ. [ނޫނެކެވެ!] ޙަސަނުލްބަޞަރީ، އޭނާއަށް ވިދާޅުވިއެވެ. [އެހެންކަމަށްވާނަމަ ތިހާވަރަށް ތިބާ ތިޔަ ހެނީ ކީއްވެހެއްޔެވެ؟] ޙަޞަނުލްބަޞަރީގެ އެބަސްފުޅުގެ ސަބަބުން އެޒުވާނާ ޣާފިލުކަމުން ހޭލިއެވެ. އަދި މިޙަޔާތުގެ ޙަޤީޤަތް އޭނާއަށް ވިސްނުނެވެ. އޭގެ ފަހުން އެއްވެސް މީހަކަށް އެޒުވާނާ ހެނިކޮށް ފެނިފައެއްނުވެއެވެ. (ތަންބީހުލް ޣާފިލީން / ޝެއިޚް ސަމަރްޤަންދީ)

Thursday, July 14, 2011

ތަނބިކަށިން ތިރިޔަށް ފަޓްލޫނު ބެހެއްޓުމަކީ ކޮންކަހަލަ ކަމެއް؟

ޖަވާބު: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް

 
ސުވާލު:ތަނބިކަށިން ތިރިޔަށް ފަޓުލޫނު ބަހައްޓާ ޢިމާމެއްގެ ފަހަތުގަ ނަމާދު ޞައްހަ ވާނެތަ؟ އަދި ތަނބިކަށިން ތިރިޔަށް ލިބާސް ބެހެއްޓުމަކީ ކިހާވަރެއްގެ ނުބައި ކަމެއްކަން ބުނެދީފާނަންތަ؟
  
ޖަވާބު: الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ފިރިހެނުންގެ ލިބާސް ބެހެއްޓުން އެއްމެ ރަނގަޅު ހިސާބަކީ ކަށިމައްޗާއި ހަމައަށެވެ. ނުވަތަ ކުޑަކަޅުވާއާއި ހަމައަށެވެ. އަދި އެއްމެ ތިރިވެގެން ތަނބިކަށްޓަށް ވުރެ މަތީގައެވެ. އެއީ މުސްތަހައްބު (އެެދެވިގެންވާ ރަނގަޅު) ގޮތް ކަމާއި ތަނބިކަށްޓަށްވުރެ ތިރިއަށް ފިރިހެނާގެ ލިބާސް ބެހެއްޓުމަކީ މަކްރޫހަ (ނުރަނގަޅު) ކަމެއް ކަމާއި މެދުގައި ޚިލާފުވުމެއް ނުވެއެވެ. ފިރިހެނުންގެ ލިބާސް ތަނބިކަށްޓަށްވުރެ ތިރީގައި ބެހެއްޓުމަކީ ކިބުރުވެރިންގެ އަމަލެއްކަމުން އެކަން ނުކުރުމަށް އަމުރުކުރައްވައި އަދި އެފަދައިން ކަންތައް ކުރުމުގެ މައްޗަށް ވަޢީދުގެ ބަސްފުޅުތައް ވާރިދުވެފައި ވެއެވެ. 

ހަލާކުވި އިންޖީނު

ލިޔުނީ: އާދަމް ޔަޢީޝް

އެއްފަހަރަކު ވަރަށް ބޮޑު މަނަވަރެއްގެ އިންޖީނު ހުއްޓުނެވެ. ބޯޓުގެ ވެރިފަރާތުން އިންޖީނު ހެދޭތޯ މަސައްކަތްކުރަންފެށިއެވެ. ކަމުގެ ތަޖުރިބާ ހުރި އެތައް އެކްސްޕާޓުންނެއް ގެނައެވެ. އެކަމަކު އެއިން އެކަކަށްވެސް އިންޖީނަށް ދިމާވެފައިވާ މައްސަލަ ޙައްލެއްނުކުރެވުނެވެ. އެންމެފަހުން އިންޖީނު ހެދުމުގެ މަސައްކަތުގައި މުޅި އުމުރު ހޭދަކޮށްފައިހުރި މުސްކުޅިފުރައިގެ މީހަކު ގެނައެވެ. އޭނާގެ އަތުގައި މަސައްކަތަށް ބޭނުންވާނެ ސާމާނު އަޅާފައިވާ ވަރަށް ބޮޑު ދަބަހެއްވެސް އޮތެވެ. މުސްކުޅިޔާ ހަމަ ވަގުތުން މަސައްކަތަށް ފަށައިގަތެވެ. އޭނާ ވަރަށް ފަރުވާތެރިކަމާއެކު "އަލިފުން ޔާއަށް" މުޅި އިންޖީނު ބަލައި ތަޙުލީލުކުރިއެވެ.

Monday, July 4, 2011

ޚަލީފާ واثق با الله ގެ ވިސްނުންފުޅު



ތަރުޖަމާ: އިނާޒް ޢަދުނާން

އެއްދުވަހަކު ޢައްބާސީ ޚަލީފާ واثق با الله ގެ ދަރުބާރުގައި މީހަކު ކޮޅަށް ތެދުވެ ދެންނެވިއެވެ. [އޭ މުއުމިނުންގެ އަމީރެވެ! ރަޙިމުގެ ގުޅުން ދަމަހައްޓަވާށެވެ! މަނިކުފާނުގެ ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތްތަވާށެވެ! މަނިކުފާނުގެ ޚާންދާނުގެ މީހާއަށް ހެޔޮކޮށް ކަންތައްކުރައްވައި މަދަދުކުރައްވާށެވެ!]

واثق با الله ސުވާލުކުރެއްވިއެވެ. [ކަލެއަކީ ކާކު ހެއްޔެވެ؟ ކަލެއަކީ ކާކުކަމެއް ތިމަންނައަކަށް ނޭގެއެވެ. އަދި މީގެކުރިއަކުން ތިމަންނައަކަށް ކަލޭ ފެނިފައެއްވެސްނުވެއެވެ.]

އޭނާ ދެންނެވިއެވެ. [ސާހިބާއެވެ! އަޅުގަނޑަކީ މަނިކުފާނުގެ ކާފާފުޅު آدم عليه السلام ގެ ދަރިއަކީމެވެ.]

Thursday, June 30, 2011

ވަޢުދު ފުއްދުން


ތަރުޖަމާ: އިނާޒް ޢަދުނާން

މުސްލިމުން އަންދަލުސްގައި (މިހާރުގެ ސްޕޭން) ވެރިކަންކުރަމުން ގެންދިޔަ ދުވަސްވަރު އެތާނގެ ދެޙާކިމުންކަމުގައިވާ حارس بن عباد އާއި عدي بن أبي ربيعة ދެމެދުގައި ހަނގުރާމައެއް ފެށުނެވެ. حارس بن عباد ގެންދިޔައީ عدي بن أبي ربيعة ހޯދައި ހައްޔަރުކުރުމަށް މަސައްކަތްކުރަމުންނެވެ. އޭގެ ދެމީހުން ކުރިއަކުން ބައްދަލުވެފައެއްނުވެއެވެ. އަދި އެކަކަށް އަނެކަކު ނުވެސް އެނގެއެވެ.  حارس ބޭނުންވެގެން އުޅެނީ عدي ގެ ފަރާތުން ކުރީގައި ހިނގާފައިވާ ކަމެއްގެ ބަދަލުހިފުމަށެވެ. ނަމަވެސް ހަނގުރާމަ ނުފެށިގެން އުޅެނިކޮށް حارس ގެ ސިފައިން އިދިކޮޅު ލަޝްކަރުގެ މީހެއް ހައްޔަރުކޮށްގެން އޭނާގެ ކައިރިއަށް ގެނައެވެ. އެހިނދު حارس ޤައިދީއާ ސުވާލުކުރިއެވެ. [عدي بن أبي ربيعة ވީތަނެއް އަހަރެން ކައިރީ ބުނާށެވެ!]

Friday, June 24, 2011

ތިބާގެ ލޮލަށް ފެނުންދެއްވީތީ ﷲ އަށް ޝުކުރުކުރެވޭ ހެއްޔެވެ؟

ތަރުޖަމާ: އަލްއަޚް ޙަސަން ނަސީފް

ޢިމާރާތެއްގެ ސިޑިމަތީގައި އިން ލޯފަން ކުއްޖެކެވެ. އޭނާގެ ކައިރީގައި ބޯޑެއް ހުއްޓެވެ. އޭގައި ލިޔެފައިވެއެވެ. "އަހަރެންނަކީ ލޯއަނދިރި ކުއްޖެއް! އަހަރެންނަށް އެހީވެދެއްވާ!" އަދި އޭނާގެ ފައިކައިރީ ލާރި އެޅުމަށްޓަކައި ތޮތްޕެއްވެސް އޮތެވެ. ނަމަވެސް އޭގައި ވަނީ ވަރަށް މަދު ލާރި ކޮޅެކެވެ.

އެހެން ހިނގާފައި ދިޔަ މީހަކަށް މިކުއްޖާ ފެނިގެން އައިސް އޭނާގެ ޖީބުން ކުޑަ ލާރި ކޮޅެއްނެގުމަށްފަހު އެ ތޮތްޕަށް ލިއެވެ. އަދި އެ ކުއްޖާގެ ފިލާގަނޑުގެ ހުސްކޮށް އޮތް އަނެއްފުށުގައި ކޮންމެވެސް އެއްޗެއް ލިޔުނެވެ. އެއަށްފަހު އެހެންދާ ކޮންމެ މީހަކަށްވެސް ފެންނާނޭ ގޮތަށް އެ ބޯޑު ބެހެއްޓިއެވެ. 

Tuesday, June 21, 2011

އިމާމް އަބޫ ޙަނީފާ (ރަޙިމަހުﷲ) ގެ ވިސްނުންފުޅު

 ތަރުޖަމާ: އިނާޒް ޢަދުނާން

إمام أبو حنيفة نعمان بن ثابت (رحمة الله عليه) އެއްދުވަހަކު މިސްކިތުގައި އިންނަވަނިކޮށް، ޚަވާރިޖުންގެ ޖަމާޢަތެއްގެ މީހުން ކަނޑިއުރައިން ދަމައިގަނެގެން މިސްކިތަށް ވަނެވެ. އަދި އިމާމްގެ އަރިހަށް އައިސް އެކަލޭގެފާނު ވަށައިލިއެވެ. ދެން އެކަލޭގެފާނާއި އެމީހުންނާ ދެމެދު ދެކެވުނު ވާހަކަތައް ތިރީގައިމިވަނީއެވެ.

ޚަވާރިޖުން: އޭ އަބޫޙަނީފާއެވެ! އަހަރަމެން، ތިބާ އާއި ދެ ސުވާލެއް ކުރަމެވެ. ތިބާ އެ ދެ ސުވާލަށް ޖަވާބުދީފިނަމަ ރަގަޅަވެ. އެހެންނޫންނަމަ އަހަރަމެން، ތިބާ ޤަތުލުކޮށްލާނަމެވެ.

Sunday, June 19, 2011

މައްޔިތާ އާއި ސުވާލުކުރެއްވުން


ޖަވާބު: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް

ސުވާލު: މައްޔިތާއަށް ސުވާލު ކުރެވޭ ވަގުތަކީ ކޮބައި ހެއްޔެވެ؟ ވަޅުލުމުގެ ކުރިން އެއްވެސް ޖަޒާއެއް އޮންނާނެތޯއެވެ؟
ޖަވާބު: الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
މައްޔިތާއާއި ކުރެވޭ ސުވާލާއި މައްޔިތާއަށް ދެވޭ ޘަވާބު ނުވަތަ އަޛާބުގެ ކަންތައް ފެށޭނެ ކަމުގައި އަންގަވާފައިވަނީ ވަޅުލުމަށް ފަހުގައެވެ. އޭގެ ކުރިން ރަނގަޅު މީހެއްނަމަ އަވަހަށް ވަޅުލުމަށް އެދޭނެއެވެ. އަދި ނުބައި މީހެއް ނަމަ ވަޅު ނުލުމަށް، ކަށްވަޅަށް ނުގެން ދިޔުމަށް ވެސް އެދޭނެއެވެ. ހަދީޘްގައި ވާރިދުވެފައި ވެއެވެ. رسول الله صلى الله عليه وسلم ހަދީޘްކުރައްވާކަމުގައި أبو سَعِيدٍ الْخُدْرِيَّ رَضِيَ عَنْهُ ވިދާޅުވިއެވެ.

Saturday, June 18, 2011

އިމްތިޙާން


ތަރުޖަމާ: އިނާޒް ޢަދުނާން

ألحمد لله وكفى ، وسلام على عباده الذي اصطفى
މިދުނިޔެއަކީ އިމްތިޙާނުގެ ގޮވައްޗެކެވެ. އެހެންކަމުން މިތަނަށް އައި ކޮންމެ މީހަކުވެސް އިމްތިޙާނުކުރެވޭނެއެވެ. މުއްސަނދިންނާ ފަޤީރުންގެއެވެ. ވެރިންނާ ރަޢިއްޔަތުންގެއެވެ. ޢާލިމުންނާ ޖާހިލުންގެއެވެ. އަންހެނުންނާ ފިރިހެނުންގެއެވެ. ޒުވާނުންނާ މުސްކުޅީންގެއެވެ. ގަދަމީހުންނާ ބަލިމީހުންގެއެވެ. 

މިތަފާތު ބާވަތްތަކުގެ މީހުން އިމްތިޙާނުކުރެވޭ ގޮތްވެސް ތަފާތުވެގެންވެއެވެ. އެކަކަށް ދެއްވައިގެންނެވެ. އަނެކާ އަތުން އަތުލައްވައިގެންނެވެ. އެކަކީ ބުއްދިވެރިއެވެ. އަނެކަކީ މޮޔައެކެވެ. އެކަކަށް ދަރީން ދެއްވައެވެ. އަނެކާ ދަރީންގެ ނިޢުމަތުން މަޙުރޫމުކުރައްވައެވެ. އެކަކުވަނީ މުދާވެރިކަމުގެ އެންމެ އުހަށް ވާޞިލުވެފައެވެ.

Wednesday, June 15, 2011

ނަމޫނާ ވެރިއެއް - 1

ތަރުޖަމާ: އިނާޒް ޢަދުނާން

ޢުމަރު ބިން ޢަބްދުލްޢަޒީޒު (ރަޙިމަހުﷲ) އަކީ މުސްލިމް ވެރީންނަށް ހުރި ވަރަށްވެސް ފުރިހަމަ ނަމޫނާއެކެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ކޮންމެ ޙާދިޘާއަކުންވެސް ވިސްނައި ފިކުރުކޮށްފި މީހަކަށް އެތަކެއް ފިލާވަޅުތަކެއް ލިއްބައިދޭނެއެވެ. އެކަލޭގެފާނު ވެރިކަންކުރެއްވީ ﷲ ތަޢާލާއަށް ބިރުވެތިވެވަޑައިގެން ހުންނަވައެވެ. ރައްޔަތުންގެ މުދަލުން އެއްވެސް އެއްޗެއްގައި އެކަލޭގެފާނު ނާޖާއިޒުގޮތެއްގައި ޖެހިވަޑައިގެންފައެއްނުވެއެވެ. އަދި އެކަލޭގެފާނުގެ އަނބިދަރީންނާއި ޢާއިލާއަކަށްވެސް ރައްޔަތުންގެ މުދަލުން ޒައްރެއްގެ މިންވަރުވެސް ނުޙައްޤުން ދެއްވާފައެއްނުވެއެވެ. އިބްނު ޢަބްދުލް ޙަކީމް އޭނާގެ ފޮތް "سيرت عمر بن عبدالعزيز" ގައި ބަޔާންކުރައްވަފައިވާ މިޙާދިޘާއިންވެސް އެކަން ވަރަށް ރަގަޅަށް އެނގިގެންދެއެވެ. އޭނާ ލިޔުއްވާފައިވެއެވެ.