Monday, July 4, 2011

ޚަލީފާ واثق با الله ގެ ވިސްނުންފުޅު



ތަރުޖަމާ: އިނާޒް ޢަދުނާން

އެއްދުވަހަކު ޢައްބާސީ ޚަލީފާ واثق با الله ގެ ދަރުބާރުގައި މީހަކު ކޮޅަށް ތެދުވެ ދެންނެވިއެވެ. [އޭ މުއުމިނުންގެ އަމީރެވެ! ރަޙިމުގެ ގުޅުން ދަމަހައްޓަވާށެވެ! މަނިކުފާނުގެ ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތްތަވާށެވެ! މަނިކުފާނުގެ ޚާންދާނުގެ މީހާއަށް ހެޔޮކޮށް ކަންތައްކުރައްވައި މަދަދުކުރައްވާށެވެ!]

واثق با الله ސުވާލުކުރެއްވިއެވެ. [ކަލެއަކީ ކާކު ހެއްޔެވެ؟ ކަލެއަކީ ކާކުކަމެއް ތިމަންނައަކަށް ނޭގެއެވެ. އަދި މީގެކުރިއަކުން ތިމަންނައަކަށް ކަލޭ ފެނިފައެއްވެސްނުވެއެވެ.]

އޭނާ ދެންނެވިއެވެ. [ސާހިބާއެވެ! އަޅުގަނޑަކީ މަނިކުފާނުގެ ކާފާފުޅު آدم عليه السلام ގެ ދަރިއަކީމެވެ.]

واثق با الله އެމަނިކުފާނުގެ އަޅަކަށް ގޮވައިލެއްވުމަށް ފަހު އަމުރުކުރެއްވިއެވެ. [އޭނާއަށް އެއްދިރުހަމު ދޭށެވެ!]

އެމީހާ ދެންނެވިއެވެ. [އަމީރުލްމުއުމިނީނެވެ! ތިޔައިން އަޅުގަނޑަށް ކުރެވޭނީ ކޮންކަމެއްތޯއެވެ؟]

واثق با الله ޖަވާބު ދެއްވިއެވެ. [ދެކޭށެވެ! އަހަރެން ކަލެއަށް އެއްދިރުހަމު ދީފީމެވެ. ތިމަން، ތިމަންގެ ކާފަގެ ހުރިހާ ދަރިންގެ މެދުގައި ބައިތުލްމާލު ބަހައިފިނަމަ ކަލެއަށް ގޮދަން އޮއްޓަރެއްގެ މިންވަރުވެސް ނުލިބޭނެއެވެ.]

އެމީހާ ދެންނެވިއެވެ. [އަމީރުލްމުއުމިނީނެވެ! ﷲ ތަޢާލާ، މަނިކުފާނު ހެޔޮކަމާއި ސަލާމަތްކަންމަތީ ލަހައްޓަވާށިއެވެ! މަނިކުފާނު ވަރަށް ވިސްނުންފުޅު ތޫނެވެ.]

واثق با الله ، އެމީހާއަށް އިތުރަށް ހަދިޔާބަދިޔާ ދިނުމަށް އަމުރުކުރެއްވިއެވެ. ދެން އެމީހާ ރަސްގެފާނަށް ހެޔޮދުޢާތައް ކުރަމުން ދަރުބާރުންނުކުމެގެން ދިޔައެވެ.
******
މަޞްދަރު: سنہرے اوراق / عبد المالك مجاهد

No comments:

Post a Comment