Monday, May 30, 2011

އަމިއްލައަށް ދުވަމުންދިޔަ ނައު

ތަރުޖަމާ: އިނާޒް ޢަދުނާން
 
އެއްފަހަރަކު ކަލަކު ވޮޑިގެންވާކަން ޤަބޫލުނުކުރާ މުލްޙިދުންގެ ބަޔަކާ، އިމާމް އަބޫ ޙަނީފާ އާއި ބައްދަލުވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެބައިމީހުންނާ ސުވާލުކުރެއްވިއެވެ. "ބިޔަ ރާޅުތައް ނަގަމުންދާ ގަދަ ކަނޑެއްގެ މެދުގައި ހުރި މުދަލާއި ސާމާނުން ބަރާކޮށްފައިވާ ނަވެކެވެ. ހަތަރުފަރާތުން ގަދަވައި އެނަވަށް ޖެހެމުން ދިޔައެވެ. ނަމަވެސް ވަރަށް މަޑުމައިތިރިކަމާއެކު އޭގެ މަންޒިލާ ދިމާއަށް އެނައު ދަތުރުކުރަމުން ދެއެވެ. އެއްވެސް ކަހަލަ ޚަލަލެއް ހަމަނުޖެހުމެއް އަދި މިސްރާބުން ކަސިޔާރުވުމެއްވެސް ނެތިއެވެ. ނަމަވެސް އެނަވުގައި އެދުއްވާނެ އަދި އޭގެ ކަންތައްތައް ބަލަހައްޓާނެ އެއްވެސް މީހަކުނެތެވެ. މިފަދަ ނަވަކާއި މެދު ކަލޭމެން ދެކެނީ ކިހިނަކުން ހެއްޔެވެ؟ ކަލޭމެންނަށް މިކަން ޤަބުލުކުރެވިދާނެ ހެއްޔެވެ؟ "

އެހުރިހާ އެންމެން އެއް އަޑަކުން ބުންޏެވެ.
" އެއްވެސް ބުއްދިއެއް ވިސްނުމެއް ހުރި މީހަކު ތިޔަ ވާހަކަ ޤަބޫލެއްނުކުރާނެއެވެ."

އަބޫ ޙަނީފާ ވިދާޅުވިއެވެ. "ﷲ ތަޢާލާގެ ހުސްޠާހިރު ވަންތަކަމާއެވެ! ގަދަ ކަނޑެއްގެ މެދުގައި ހުރި އޮޑިއެއް ދުއްވާނެ މީހަކު ނެތި ސީދާ އޭގެ މަންޒިލާ ދިމާއަށް ދަތުރުކޮށްފާނެކަމަށް ކަލޭމެން އިންކާރުކޮށްފީމެވެ. އެހެންނަމަވެސް މިބޮޑު ކާއިނާތާ އެކާއިނާތުގައިވާ ތަނަވަސްވެގެންވާ އުޑުތަކާ، ފެތުރި ތަނަވަސްގެންވާ ބިންތަކާއި، ބިޔަ ބޮޑެތި ފަރުބަދަތަކާއި، ދެމެމުންދާ ދިގު ކޯރުތަކާ، އެންމެހާ މަޚްލޫޤުތަކާއި މިހުރިހާ ތަކެއްޗެއް އެތަކެތި ހެއްދެވި އެއްވެސް ފަރާތެއްނެތި އަމިއްލައަށް ވުޖޫދަށް އައިސް އަދި އެތަކެތި ބަލަހައްޓާނެ އެއްވެސް ފަރާތެއްނެތް ޙާލުގައިވެސް އެއްވެސް ފުށުއެރުމެއްނެތި އެއެއްޗެއްގެ ދާއިރާގެ ތެރޭގައި އެއެއްޗެއްގެ ޒިންމާ ފުރިހަޔަށް އަދާކުރަމުންދާކަމުގައި ކަލޭމެން ތިޔަ ތިބީ ޤަބޫލުކޮށްގެންނެވެ. މިއެންމެހާ މަޚްލޫޤުތައް ތަދުބީރުކުރައްވާ ރައްކައުތެރިކުރައްވާ ބަލަހައްޓަވާ އެއްވެސް ފަރާތެއް ހަމަ ނެތީ ހެއްޔެވެ؟؟؟؟ ކަލޭމެންގެ ބުއްދިތަކާމެދު ހިތާމަހުއްޓެވެ! ކޮޅުނެތްކޮޅަށް ހިތާމަހުއްޓެވެ!!
*****
މަޞްދަރު: حیاتِ تابعين کے درخشاں پہلو / محمود احمد غضَنفَر

No comments:

Post a Comment