Saturday, June 16, 2012

ދުނިޔޭގެ މުޞީބާތްތަކާއި އުނދަގޫތައް - 12


ތަރުޖަމާ: އިނާޒް ޢަދުނާން
މުޞީބާތުގެ ވަގުތުގައި ހަމައެކަނި ﷲ ގެ ޙަޟްރަތުން މަދަދަށް އެދޭށެވެ!

މުޞީބާތެއް ނުވަތަ ދަތި އުނދަގުލެއް ކުރިމަތިވާހިނދު މިއަދުވެސް މުސްލިމުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އެކަމުގެ ޙައްލު ހޯދުމަށްޓަކައި ވަލީވެރިންގެ ޤަބުރުތަކާ ޒިޔާރަތްތަކާ ދިމާޔަށް ދުއްވައިގަނެއެވެ. އަދި އެޤަބުރުތަކުގެ އަހުލުވެރިންގެ ކިބައިން ކަންކަމަށް އެދި ދަންނަވާތަން އަހަރަމެންނަށް ފެނެއެވެ. އެފަދަ މީހުންނާމެދު ޢާލަމްތަކުގެ ވެރި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ] وَمَنْ أَضَلُّ مِمَّن يَدْعُو مِن دُونِ اللَّـهِ مَن لَّا يَسْتَجِيبُ لَهُ إِلَىٰ يَوْمِ الْقِيَامَةِ وَهُمْ عَن دُعَائِهِمْ غَافِلُونَ y [  [سورة الأحقاف 5]  މާނައީ: قيامة ދުވަހަށް ދާނދެން، އެމީހަކަށް އިޖާބަ ނުދޭފަރާތަކަށް ފިޔަވައި އަޅުކަންކޮށް، دعاء ކޮށްއުޅޭ މީހަކަށްވުރެން މަގުފުރެދުންބޮޑީ ކާކުހެއްޔެވެ؟ އަދި އެތަކެތިވަނީ، އެއުރެންގެ دعاء ތަކަށް غافل ވެގެންނެވެ .

އެބައިމީހުންގެ މިފަދަ ޙަރަކާތްތަކަކީ އެއްވެސް ބޭނުމެއްނެތް ބޭކާރު ޢަމަލުތަކެއްކަން ޘާބިތުކުރުމަށްޓަކައި ކައު އިތުރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސަލަމަގެ އެންމެ ބަސްފުޅެއް ފުދެއެވެ. ﷲ ތަޢާލާގެ ނަބިއްޔާ z އަށް ދެންނެވުނެވެ. މީސްތަކުންގެ ތެރެއިން އެންބޮޑަށް މުޞީބާތްތަކާ އިމްތިޙާނުތައް ޖެހުނީ ކޮންބަޔަކަށްތޯއެވެ؟ މާތް ނަބިއްޔާ z ޖަވާބުގައި ޙަދީޘްކުރެއްވިއެވެ. ((اَلْأَنْبِيَاءُ ثُمَّ الْأَمْثَلُ فَالْأَمْثَلُ يُبْتَلَى الرَّجُلُ عَلَى حَسْبِ دِيْنِهِ فَاِنْ كَانَ دِيْنُهُ صُلْبًا اِشْتَدَّ بَلاَؤُهُ وَاِنْ كَانِ فِيْ دِيْنِهِ رِقَّةٌ ابْتَلاَهُ اللهُ عَلَى حَسْبِ دِيْنِهِ فَمَا يَبْرَحُ الْبَلاَءُ بِا لْعَبْدِ حَتَّى يَمْشِيْ عَلَى الَأَرْضِ وَمَا عَلَيْهِ خَطِيْئِةٌ)) [ترمذي ، ابن ماجه ، صحيح ابن حبان ، دارمي بحواله صحيح الجامع 1/231 ، حديث 993 وصحيح الترغيب 3/329] މާނައީ: މީސްތަކުންކުރެ އެންމެ ގިނަ މުޞީބާތް ޖެހިފައިވަނީ ނަބީބޭކަލުންނަށެވެ. ދެން އެއާ ޖެހުނު ރަގަޅު ބޭކަލުންނަށެވެ. ދެން އެއާ ޖެހުނު ބޭކަލުންނަށެވެ. މީހުން އިމްތިޙާނު ކުރެވެނީ އޭނާގެ ދީންވެރިކަމުގެ ނިޞްބަތުންނެވެ. ފަހެ ދީންވެރިކަމުގެ ގޮތުން ވަރުގަދަ މީހެއްނަމަ އޭނާއަށް ކުރިމަތިވާ އިމްތިޙާނުވެސް ވަރުގަދަވެގެންވެއެވެ. އަދި ދީނުގައި ބަލިކަށި މީހެއްނަމަ އޭނާއަށް ކުރިމަތިވާ އިމްތިޙާނުވެސް ލުއިވެފައި ކުޑައެވެ. ފާފަތަކުން ޠާހިރުވެގެންވާ ޙާލު ބިންމަތީގައި ހިނގައިބިނގައި އުޅެފުމަށް ދާންދެން އަޅާގެ މައްޗަށް އިމްތިޙާނުތައް އައިސްއައިސްހުރެއެވެ.

މީސްތަކުންގެ ތެރެއިން އެންމެ ބޮޑެތި އިމްތިޙާނުތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ ނަބީބޭކަލުންނަށް ކަމާ ދެން އެބޭކަލުންނާ ޖެހިގެން ތިއްބެވި ޞާލިހުންނަށް ކަމާ ދެން އެއާ ޖެހުނު އަޅުތަކުންނަށްކަން ބަޔާންކުރެއްވުމުގެ އިތުރުން މިޙަދީޘުން ﷲ ތަޢާލާގެ އެއްކައުވަންތަކަމުގެ ދަލީލުވެސް ލިބެއެވެ. އެހެނީ ނަބީބޭކަލުންނާއި ޞާލިޙުންނަށްވެސް މުޞީބާތްތައްޖެހުނުކަމާ ޢާންމު މުއުމިނުންނަށްވުރެ ބޮޑަށް އެބޭކަލުންނަށް ވޭނާ ތުރާތައް އުފުއްލަވަން ޖެހިވަޑައިގަތްކަމާ އަދި އެމުޞީބާތްތަކާ އިމްތިޙާނުތަކުން އެބޭކަލުން މިންޖުކޮށްދެއްވީ ހަމައެކަނި ﷲ ތަޢާލާ ކަން މީހަކަށް ވިސްނިއްޖެނަމަ، އެންމެހާ ނަބީންނާ ވަލީންނަކީ އެބޭކަލުންގެ އަމިއްލަ ނަފްސުތަކަށް އެއްވެސް ފައިދާއެއް ނުވަތަ ގެއްލުމެއްވެސް ދިނުމުގެ ބާރުލިބެގެންވާ ބައެއްނޫންކަމާ އެހެންކަމުން އެފަދަ ބަޔަކަށް އެހެން މީހެއްގެ މުޞީބާތެއް ދުރުކޮށްދިނުމުގެ ކުޅަދާނަކަން ލިބެގެންނުވާނޭކަން ރަގަޅަށް އެނގިގެންދާނެއެވެ. ނަތީޖާއަކީ ތިމަތިމާމެންގެ ހިތާމަތަކާއި އުނދަދޫތައް ލުއިކޮށް ދުރުކުރުމުގެ އެދުމުގައި ނަބީންނާ ވަލީންނަށް ގޮވައި އުޅުމަކީ ބޭކާރު އަދި ﷲ ގެ މަތިވެރި ރަޙުމަތުން އުންމީދުކަނޑައިލުމެއްކަމުގައި ބެލެވުމެވެ. މިއާ ޚިލާފަށް ކޮންމެ މީހަކަށްވެސް ވާޖިބުވެގެންވަނީ މުޞީބާތްތަކުން ސަލާމަތްކޮށްދެއްވުން އެދި ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތަށް ދެންނެވުމުވެ. އެހެނީ އެއީ ހަމައެކަނި އެއިލާހަށް ޚާއްޞަވެގެންވާކަމެކެވެ. އެހެން އެއްވެސް ފަރާތަކަށް އެކަމެއްނުކުރެވޭނެއެވެ.

ކީރިތިޤުރުއާނުގައި ﷲ ތަޢާލާ ވަނީ އެކަލާނގެ ނަބިއްޔާ أيوب عليه السلام ގެ ވާހަކަ ބަޔާންކޮށްދެއްވާފައެވެ. މުދަލާއި ދަރީންނާއި ފުރިހަމަ ޞިއްޙަތުން މަޙުރޫމުކުރައްވައިގެން އެކަލޭގެފާނު އިމްތިޙާނުކުރެއްވުނެވެ. އެކަލޭގެފާނަށް ވަރަށްގިނަ ނަޢަމް ސޫތްޕާއި ދަނޑުފަނގުތައް މިލްކުވެގެންވިއެވެ. ނުހަނު ގިނަ ދަރީންނާ ރީތި ގެތައް ލިބެގެންވިއެވެ. ދެން އެކަލޭގެފާނުގެ އިމްތިޙާނުގެ ދުވަސްތައް ފެށުނެވެ. އެކަލޭގެފާނަށް ލިބިގެންވީ ހުރިހާ އެއްޗެއް ބީވެގެންދިޔުމަށްފަހު އެކަލޭގެފާނުގެ ހަށިކޮޅަށްވެސް ބަލިމަޑުކަން ޖެހުނެވެ. އެންމެފަހުން ރަށް ބޭރުގައި އެކަލޭގެފާނު އެކަނިވެރިވިއެވެ. އެންމެ އަނބިކަނބަލަކު ފިޔަވައި އެކަލޭގެފާނަށް އަޅައިލައި އެހީތެރިވާނެ މީހަކުވެސް ނުވިއެވެ. އެހެންނަމަވެސް أيوب عليه السلام ގެ ހިތްޕުޅުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އާމެދު ނުހަނު ބޮޑު ޔަޤީންކަމަކާ އިތުބާރެއް އޮތެވެ. އެކަލޭގެފާނު ކެތްތެރިކަމުން ވާގިހޯއްދެވިއެވެ. އަދި ހަމައެނި ﷲ ގެ ޙަޟްރަތުން މަދަދަށް އެދިވަޑައިގެންނެވިއެވެ. 

ކީރިތި ޤުރުއާނުގައި ވާފަދައިންނެވެ. ] وَأَيُّوبَ إِذْ نَادَىٰ رَبَّهُ أَنِّي مَسَّنِيَ الضُّرُّ وَأَنتَ أَرْحَمُ الرَّاحِمِينَy [ [سورة الأنبياء 83] މާނައީ: އަދި أيوب ގެފާނު، އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް دعاء ކުރެއްވި ހިނދު، ހަނދުމަކުރާށެވެ! ހަމަކަށަވަރުން، މިއަޅާޔަށް ދަތިކަމާއި، އުނދަގޫ ޖެހިއްޖެއެވެ. އަދި އިބަރަސްކަލާނގެއީ، رحمة ލައްވާ، އެންމެ رحمة ވަންތަ ރަސްކަލާނގެއެވެ .

އެކަލޭގެފާނުގެ ދުޢާގެ ޖަވާބުގައި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ] فَاسْتَجَبْنَا لَهُ فَكَشَفْنَا مَا بِهِ مِن ضُرٍّ ۖ وَآتَيْنَاهُ أَهْلَهُ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنْ عِندِنَا وَذِكْرَىٰ لِلْعَابِدِينَy [ [سورة الأنبياء 84] މާނައީ: ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަދެއްވައި، އެކަލޭގެފާނަށް ޖެހިފައިވާ ދަތި حال ފިއްލަވައި، އަދި އެކަލޭގެފާނަށް އެކަލޭގެފާނުގެ أهل ންނާއި، އެ أهل ންނާއެކު ހަމަ އެފަދަ أهل ން ދެއްވީމެވެ. ތިމަންރަސްކަލާނގެ حضرة ން ލެއްވި رحمة އެއް ކަމުގައެވެ. އަދި އަޅުކަންކުރާ މީހުންނަށް، ހަނދާންކޮށްދިނުމެއް ކަމުގައެވެ. 

މަރުވެފައިވާ މީހަކަށް ދިރިހުރި މީހަކަށް އެއްވެސް އެހީއެއްނުވެވޭނަކަން ކީރިތިޤުރުއާނުގައި ވަރަށް ސާފުކޮށް ބަޔާންވެގެންވެއެވެ. އެހެންކަމުން މައްޔިތުންނަށް ގޮވައި ދުޢާކޮށްފި މީހާ ވަނީ ގެއްލުމެއްގެ ތެރޭގައެވެ. މީގެ އިތުރުން ﷲ ފިޔަވައި އެހެން ފަރާތަކަށް ދުޢާކުރުމަކީ އެކަލާނގެއާ އެހެން އެއްޗެއް ބައިވެރިކޮށް ޝަރީކުކުރުމެވެ. އެއީ އެންމެ ބޮޑުވެގެންވާ ފާފައެވެ. އެހެނީ ދުޢާކުރުމަކީވެސް އަޅުކަމެކެވެ. އަދި އެއީ ހަމައެކަނި ﷲ ގެ ޙައްޤެކެވެ.  ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ] وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَy [ [سورة غافر 60] މާނައީ: އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ وحى ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاء ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (دعاء ކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ حال، އެއުރެން ނަރަކަޔަށް ވަންނާނެތެވެ. 

ދުޢާއަކީ އަޅުކަމެއްކަން މާތް ނަބިއްޔާ z ގެ ޙަދީޘްފުޅުންވެސް ޘާބިތުވެއެވެ. ނަބަވީ އިރުޝާދުގައިވެއެވެ. ((اَلدُّعَاءُ هُوَ الْعِبَادَةُ)) [مسند أحمد ، الأدب المفرد إمام بخاري ، سنن اربعة ، ابن حبان ، مستدرك حاكم ] މާނައީ: ދުޢާ އެއީ އަޅުކަމެވެ.

ﷲ ތަޢާލާގެ ބަސްފުޅުގައިވަނީ މިފަދައިންނެވެ. ] وَإِن يَمْسَسْكَ اللَّـهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ ۖ وَإِن يُرِدْكَ بِخَيْرٍ فَلَا رَادَّ لِفَضْلِهِ ۚ يُصِيبُ بِهِ مَن يَشَاءُ مِنْ عِبَادِهِ ۚ وَهُوَ الْغَفُورُ الرَّحِيمُy [ [سورة يونس 107] މާނައީ: އަދި ތިބާއަށް ގެއްލުމެއް މެދުވެރިކުރައްވާނަމަ، އެކަލާނގެ މެނުވީ، އެކަން ފިއްލަވާނޭ އެހެންފަރާތެއް ނުވެއެވެ. އަދި އެކަލާނގެ ކަލޭގެފާނަށް ހެޔޮކަމަކަށް އިރާދަކުރައްވައިފިނަމަ، އެކަލާނގެ فضل ވަންތަކަން އަނބުރާ ރައްދުކުރެވޭނެ ފަރާތެއް ނުވެތެވެ. އެ فضل ވަންތަކަން އެކަލާނގެ ދެއްވަނީ، އެކަލާނގެ އަޅުންގެ ތެރެއިން، އެކަލާނގެ އިރާދަކުރެއްވި މީހަކަށެވެ. އަދި އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ .

ހަމަކަށަވަރުން އަޅާ ރައްބުގެ ޙައްޤު ނަގައިނުލާނަމަ (ހަމައެކަނި ﷲ ތަޢާލާ އަށް އަޅުކަންކުރުންމަތީ ދެމިހުރެއްޖެނަމަ) އަޅާގެ ފާފަތައްފުއްސަވައިދެއްވައި އެކަލާނގެ ޢަޒާބުން ސަލާމަތްކޮށްދެއްވާނެކަމަށް ﷲ ތަޢާލާ ވަޢުދުވެވޮޑިގަންނަވައެވެ. އެއީ މާތް ނަބިއްޔާ z ގެ މިޙަދީޘްފުޅުން އެނގި ބަޔާންވެގެންވާ ފަދައިންނެވެ. ((يَا مُعَاذَ بْنِ جَبَلٍ ! هَلْ تَدْرِيْ مَا حَقُّ اللهِ عَلَى عِبَادِهِ وَمَا حَقُّ الْعِبَادِ عَلَى اللهِ؟ قُلْتُ: اَللهُ وَرَسُوْلُهُ اَعْلَمُ ، فَقَالَ: فَاِنَّ حَقَّ اللهِ عَلَى الْعِبَادِ اَنْ يَعْبُدُوْهُ وَلاَ يُشْرِكُوْا بِهِ شَيْئًا وَحَقَّ الْعِبَادِ عَلَى اللهِ اَنْ لاَّ يُعَذِّبَ مَنْ لاَ يُشْرِكُ بِهِ شَيْئًا ... )) [صحيح بخاري ومسلم ، ترمذي ، ابن ماجه ، مسند احمد ] މާނައީ: އޭ މުޢާޛެވެ! އަޅުތަކުންގެ މައްޗަށްވާ ﷲ ގެ ޙައްޤަކީ ކޮބައިކަމާއި ﷲ ގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤަކީ ކޮބައިކަން ތިބާއަށް އެނގޭހެއްޔެވެ؟ ތިމަން ދެންނެވީމެވެ. އެކަން މޮޅަށް ދެނެވޮޑިގެންވަނީ ﷲ އާއި އެކަލާނގެ ރަސޫލާއެވެ. ނަބިއްޔާ z ޙަދީޘްކުރެއްވިއެވެ. އަޅުތަކުންގެ މައްޗަށްވާ ﷲ ގެ ޙައްޤަކީ އެބައިމީހުން ހަމައެކަނި ﷲ އަށް އަޅުކަންކުރުމެވެ. އަދި އެކަލާނގެއާ އެއްވެސް އެއްޗެއް ބައިވެރިކޮށް ޝަރީކުނުކުރުމެވެ. އަދި ﷲ ގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤަކީ އެބައިމީހުން އެކަލާނގެއާ އެއްވެސް އެއްޗެއް ބައިވެރިކޮށް ޝަރީކުނުކޮށްފިނަމަ އެބައިމީހުންނަށް ޢަޒާބު ނުދެއްވުމެވެ.

ﷲ ގެ ނަބިއްޔާ z ، އިބްނު ޢައްބާސް ރަޟިޔަ ﷲ ޢަންހުމާއަށް ނަޞީޙަތްދެއްވަމުން ޙަދީޘްކުރެއްވިއެވެ. ((اِحْفَظِ اللهَ يَحْفَظُكَ ، اِحْفَظِ اللهَ تَجِدْهُ تُجَاهَكَ ، اِذَا سَئَلْتَ فَسْئَلِ اللهَ ، وَاِذَا اسْتَعَنْتَ فَسْتَعِنْ بِااللهِ ، وَعْلَمْ اَنَّ الْأُمَّةَ لَوِ اجْتَمَعَتْ عَلَى اَنْ يَّنْفَعُوْكَ بِشَيْئٍ لَمْ يَنْفَعُوْكَ اِلاَّ بِشَيْئٍ قَدْ كَتَبَهُ اللهُ لَكَ وَاِنِ اجْتَمَعُوْا عَلَى اَنْ يَضُرُّوْكَ بِشَيْئٍ لَمْ يَضثرُّوْكَ اِلاَّ بِشَيْئِ قَدْ كَتَبَهث اللهُ عَلَيْكَ ، رُفِعَتِ الْأَقْلاَمُ وَجَفَّتِ الصُّحثفُ)) [ترمذي ، مسند احمد 1/293 ، 303 ، 307 ، ابو يعلى ، مستدرك حاكم ] މާނައީ: ތިބާ ﷲ ގެ އަމުރުފުޅުތަކަށް (ﷲގެ ދީނަށް) ރައްކާތެރިވާށެވެ! އޭރުން އެކަލާނގެ ތިބާ ރައްކާތެރިކޮށްދެއްވާނެއެވެ. ތިބާ ﷲ ގެ ދީނަށް ރައްކާތެރިވާށެވެ! އޭރުން (ކޮންމެ ބޮޑުކަމެއްގެ ވަގުތުގައި) ތިބާއާއެކު އެކަލާނވޮޑިގެންވާތީ ތިބާ ދެކޭނޫއެވެ. އެއްޗަކަށް އެދޭނަމަ ހަމައެނި ﷲ އަށް ދަންނަވާށެވެ. ކަމެއްގައި ވާގިދެއްވުމަށް އެދޭނަމަވެސް ހަމައެކަނި ﷲ ގެ ޙަޟްރަތުން އެދޭށެވެ. ރަގަޅަށް ދަންނާށެވެ! ތިބާއަށް މަންފާއެއް ދިނުމަށް މުޅި އުންމަތް ޖަމާވީނަމަވެސް ﷲ ތަޢާލާ ތިބާއަށް މިންވަރުކުރައްވާފައިވާ ކަމެއްގައި މެނުވީ އެބައިމީހުންނަށް ތިބާއަށް މަންފާއެއްނުދެވޭ ހުއްޓެވެ. އަދި ތިބާއަށް ގެއްލުމެއެއް ދިނުމަށް މުޅި އުންމަތް ޖަމާވީނަމަވެސް ﷲ ތަޢާލާ ތިބާއަށް މިންވަރުކުރައްވާފައިވާ ކަމެއްގައި މެނުވީ އެބައިމީހުންނަށް ތިބާއަށް ގެއްލުމެއްވެސްނުދެވޭ ހުއްޓެވެ. ޤަލަމްވަނީ އުފުއްލެވިގެންނެވެ. (ދެން އިތުރަކަށް ނުލިޔެވޭނެއެވެ) ކާއިނާތުގެ ތަޤްދީރު ލިޔެވިގެންވާ ފަތްފުށްތަކުގެ ދެލި ހިކިއްޖެއެވެ. (ދެން އެއަށް އެއްވެސް ބަދަލުއައުމެއްނުވެއެވެ.)

އިތުރު މާތް ނަބިއްޔާ z އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ. مَا مِنْ اَحَدٍ يَدْعُوْا بِدُعَاءٍ إِلاَّ آتَاهُ اللهُ مَا سَئَلَ ، اَوْ كَفَّ عَنْهُ مِنَ السُّوْءِ مِثْلَهُ [اَوْ يَدَّخِرُ لَهُ مِنْ مِثْلِهَا يَعْنِيْ فِي الْأَخِرَةِ] مَالَمْ يَدْعُ بِاِثْمٍ اَوْ قَطِيْعَةِ رَحِمٍ فَقَالَ رَجُلٌ مِنَ الْقَوْمِ : اِذًا نُكْثِرُ ، قَالَ : اَللهُ اَكْثَرُ (مسند احمد 3/18 ، ترمذي ، مستدرك حاكم ، مشكوة 2/693 ، حديث : 2236 ، صحيح الجامع 2/991 ، حديث : 5678) މާނައީ: ފާފައަކަށް އަރައިގަތުމަށް ނުވަތަ ރަޙިމުގެ ގުޅުންކެނޑުން ފަދަ ކަމަކަށް ފިޔަވައި މުސްލިމަކު ދުޢާކޮށްފިނަމަ އޭނާ ދެންނެވި ކަމެއް އޭނާއަށް ފުއްދަވައިދެވާނެއެވެ. ނުވަތަ އެފަދަ ނުބައިކަމަކުން އޭނާ ރައްކާތެރިކޮށްދެއްވައެވެ. ނުވަތަ އެދުޢާ އަޖުރާ ޘަވާބުގެގޮތުގައި ޤިޔާމަތްދުވަހަށް ރައްކާތެރިކޮށްދެއްވައެވެ. އެހިނދު ބޭކަލަކު ދެންނެވިއެވެ. އެހެންވީއިރު ގިނަގިނައިން ދުޢާކުރަންވީތާއެވެ. މާތް ނަބިއްޔާ  z ޙަދީޘްކުރެއްވިއެވެ. ﷲ އިތުރުކުރައްވާލެއް މާގިނައެވެ. (ނުނިމޭ)

      
ލިޔުމުގެ އަޞްލު: ދުންޔަވީ މަޞާއިބް ވަމުޝްކިލާތް / އަލްއަޚް ޝާހިދު ސައްތާރު
ތަރުޖަމާ މުރާޖަޢާކޮށްދެއްވީ: އައްޝައިޚް އާދަމް ޝަމީމް      

1 comment: