Sunday, October 9, 2011

އިމާމް އަޥްޒާޢީގެ ހިތްވަރުފުޅު



ޢަބްދުﷲ ބިން ޢަލީ ޢައްބާސީ ދިމިޝްޤު ފަތަޙަކުރުމަށްފަހު އެންމެ ގަޑިއިރެއްގެ ތެރޭގައި އެއްވެސް ޙައްޤަކާނުލައި އެތައް ބައެއްގެ ލޭ އޮހޮރުވާލިއެވެ. އަދި އުމަވީ ޚިލާފަތުގެ އެންމެ ބޮޑު މިސްކިތަށް އޭނާ ސަވާރުވެ އިން އަހާއެކު ވަދެ އޭނާގެ ވަޒީރުންނާއެކު މަޖިލިސްކުރިއެވެ. އަދި ފަޚުރުވެރިކަމާއެކު ސުވާލުކުރިއެވެ. [އަހަރެންނާ ކުރިމަތިލައި މުޤާބަލާކުރަން ކެރޭނެ އެއްވެސް މީހަކު މިހާރު އެބަހުރިހެއްޔެވެ؟] ޖަވާބު ލިބުނެވެ. [ނޫނެކެވެ!] އޭނާ އަނެއްކާވެސް ސުވާލުކުރިއެވެ. [ތިމަންގެ މައްޗަށް އިޢުތިރާޟުކުރުމުގެ ހިތްވަރު ހުރި މީހަކު ހުރިކަން ކަލޭމެންނަށް އެނގޭ ހެއްޔެވެ؟] ވަޒީރުން ޖަވާބުދިނެވެ. [ނޫނެކެވެ. އާނ! އެކަމަކު ޖަވާބު ދިނުމުގެ ހިތްވަރު ކުރަންކެރޭނެނަމަ އެމީހަކީ އަޥްޒާޢީ އެވެ.]  ޢަބްދުﷲ ބިން ޢަލީ ޢައްބާސީ ވިދާޅުވިއެވެ. [ތިމަންގެ ކައިރިއަށް އަޥްޒާޢީ ގެންނާށެވެ!]

އަމުރުލިބުމާއެކު ސިފައިން އަޥްޒާޢީގެ އަރިހަށް ދިޔައެވެ. އެމީހުން ފެނުމުންވެސް އިމާމް އެއްވެސް ޙަރަކާތެއްނުކޮށް އިންނެވިއެވެ. ސިފައިން ދެންނެވިއެވެ. [ޢަބްދުﷲ ބިން ޢަލީގެ ދަރުބާރަށް ކަލޭގެފާނު ވަޑައިގަންނަވަންވީއެވެ.] އިމާމް އަޥްޒާޢީ ވިދާޅުވިއެވެ. [ حَسْبُنَا اللَّـهُ وَنِعْمَ الْوَكِيلُ (ال عمران : 173) މާނައީ: "ތިމަންމެންނަށް، ފުދެއެވެ. އަދި، وكيل ކުރެވޭ ފަރާތުގެ މޮޅުކަމާއެވެ!" އަދި ސިފައިންނަށް ވިދާޅުވިއެވެ. [ކަލޭމެން ކުޑަ އިރުކޮޅަކަށް އަހަންނަށް އިންތިޒާރުކުރާށެވެ.] ދެން އެތެރެއަށް ވަދެވަޑައިގެން ނާނޭފުޅުފިއްލަވައި ކަފުންކޮޅު ތުރުކުރެއްވިއެވެ. މަރަށްޓަކައި އަމިއްލަ ނަފްސު ތައްޔާރުކުރެއްވިއެވެ. ދެން އަމިއްލަ ނަފްސަށް މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. [އޭ އަޥްޒާޢީއެވެ! ޙައްޤުބަސް ބުނަންވީ ވަގުތު އަތުވެއްޖެއެވެ. މަލާމާތްކުރާ މީހެއްގެ މާލާމާތަށް ތިބާ ފަހަރެއްގައިވެސް ޖެހިލުންވެ ބިރުނުގަންނަހުށިކަމެވެ.]

ޚުދް އިމާމް އަޥްޒާޢީ މިވާހަކަ ބަޔާންކުރައްވައެވެ. ތިމަން ޢަބްދުﷲ ބިން ޢަލީގެ ދަރުބާރަށް ވަންއިރު އެތާނގައި ވަނީ ހުސް ސިފައިންނެވެ. އެމީހުން ތިބީ ދެ ސަފަކަށެވެ. އަދި ކޮންމެ މީހަކުވެސް އެމީހެއްގެ ކަނޑި އުރައިން ދަމައިގަނެގެން ތިއްބެވެ. ތިމަން ކަނޑިތަކުގެ ހިޔަލުގައި ހުރެ ހިނގަމުން ގޮސް ޢަބްދުﷲ ބިން ޢަލީ އާ ހަމައަށް ދިޔައީމެވެ. އޭނާ، އޭނާގެ ތަޚުތުގައި އިށީނދެގެން އިނެވެ. އޭނާގެ އަތުގައި ޗާބޫކެއް އޮތެވެ. އޭނާގެ ނިތްކުރީން ރުޅިވެރިކަމުގެ އަސަރުތައް ފާޅުވޭވޭ ހުއްޓެވެ. 

އިމާމް އަޥްޒާޢީ ވިދާޅުވެއެވެ. [އެވަގުތު ތިމަންގެ ނަޒަރުގައި ޢަބްދުﷲ ބިން ޢަލީ ޢައްބާސީ މެއްސެއް ފަދައިން ނިކަމެތިވެގެންވިއެވެ. ތިމަން އެވަގުތު އެއްވެސް މީހެއްގެ މައްޗަކުން ހަނދާނެއްނުކުރަމެވެ. އަންބެއްގެ މަތިންވެސް ދަރިއެއްގެ މަތިންވެސް މުދަލެއްގެ މަތިންވެސް މެއެވެ. އަދި ކިއެއްތަ! ތިމަން ހަނދުމަކުރީ އިލާހީ ޢަރުޝީގެ މަތިންނެވެ. ޤިޔާމަތްދުވަހުގައި ﷲ ތަޢާލާ މީސްތަކުންގެ ކުރިމަތީގައި ފާޅުވެވޮޑިގަންނަވާނެ ވަގުތުގެ މަތީންނެވެ.] 

ޢަބްދުﷲ ބިން ޢަލީ އިސްއުފުލައިލިއެވެ. ރުޅީގެ ސަބަބުން އޭނާގެ މޫނު ރަތްވެފައި ހުއްޓެވެ. އޭނާ ބުންޏެވެ. [އޭ އަޥްޒާޢީއެވެ! އަހަރަމެންގެ އަތުން އޮހޮރިގެން މިދިޔަ އުމައްޔަތުވަންހައިގެ މީހުންގެ ލެއާ މެދު ކަލޭގެ ޚިޔާލަކީ ކޮބައިހެއްޔެވެ؟]

އިމާމް އަޥްޒާޢީ ޖަވާބުދެއްވިއެވެ. [ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (( لاَ يَحِلُّ دَمُ امْرِئٍ مُسْلِمٍ إِلاَّ بِإِحْدَى ثَلاَثٍ : اَلثَّيِّبُ الزَّانِي ، وَالنَّفْسُ بِاانَّفْسِ ، وَالتَّارِكُ لِدِيْنِهِ الْمُفَارِقُ لِلْجَمَاعَةِ )) – رواه البخاري ومسلم - މާނައީ: "ތިންކަމެއްގެ ސަބަބުން މެނުވީ މުސްލިމެއްގެ ލޭ އޮހޮރުވުން ހަލާލުވެގެން ނުވެއެވެ. އެއީ: ކައިވެންޏަށް ފަހުގައި ޒިނޭ ކުރުމާއި ނަފްސެއް ގަތުލު ކޮށްފި ނަމަ އެނަފްސުގެ ބަދަލުގައި (ޤިޞާޞްގެ ގޮތުގައި) މެރުމާއި ދީން ދޫކޮށްލައި މުސްލިމުން ޖަމާޢަތާއި ވަކިވުމެވެ."

އެހެންކަމުން ކަލޭ ޤަތުލުކުރިމީހުން ހިމެނެނީ މިތިން ބާވަތުގެ މީހުންގެ ތެރޭގައިނަމަ ރަގަޅެވެ. އެހެންނޫންނަމަ ޙައްޤަކާނުލާ އޮހޮރާލެވުނު އެމީހުންގެ ލޭވަނީ ކަލޭގެ ކަނދުރާގައެވެ.] 

އިމާމް އަޥްޒާޢީ ވިދާޅުވެއެވެ.  މިޖަވާބުގެ އަޑު އިވުމާއެކު އޭނާ ޗާބޫކުގެ ކޮޅު މޮހައިލިއެވެ. އަދި ތިމަން ތިމަންގެ ބޮލުގައިވާ ފަގުޑި ނަގައި، އޭނާގެ ކަނޑީގެ އެތިފަހަރަށް ތައްޔާރުވީމެވެ. އޭނާގެ ވަށައިގެން ތިބި ވަޒީރުންތައް އެމީހުންގެ ހެދުން ބޮޑިކުރާތަން ތިމަންނައަށް ފެނުނެވެ. އެއީ ތިމަންގެ ލޭގެ ތިކިތަށް އެމީހުންގެ ހެދުމަށް ބުރައިފާނެކަމަށެވެ. 

ދެން ޢަބްދުﷲ ބިން ޢަލީ އަނެއްކާވެސް ސުވާލުކުރިއެވެ. [މުދަލާ ފައިސާ އާމެދު ކަލޭގެ ޚިޔާލަކީ ކޮބައިހެއްޔެވެ؟] އަޥްޒާޢީ ޖަވާބުދެއްވިއެވެ. [އެއީ ޙަލާލު މުދަލެއްނަމަ ޙިސާބު ދައްކަން ޖެހޭނެއެވެ. އަދި އެއީ ޙަރާމް މުދަލެއްނަމަ ސަޒާ ދެއްވޭނެއެވެ.]

ޢަބްދުﷲ ބިން ޢަލީ ޢައްބާސީ ބުންޏެވެ. [ރަން އަޅާ ފުރާފައިވާ މިކީސާ ޤަބޫލުކުރާށެވެ!] އަޥްޒާޢީ ވިދާޅުވިއެވެ. [ތިމަން މުދަލެއް ބޭނުމެއްނޫނެވެ.] 

އިމާމް އަޥްޒާޢީ ވިދާޅުވެފައިވެއެވެ. އެތަނުން ވަޒީރަކު އޭނާގެ ލޮލުގެ އިޝާރާތުން އެކީސާ ޤަބޫލުކުރުމަށް ތިމަންނައަށް ބުންޏެވެ. އެހެންކަމުން އިމާމް އަޥްޒާޢީ އެކީސާ ޤަބޫލުކުރެއްވިއެވެ. އަދި ހަމަ އެވަގުތު އެތާ ތިބި ސިފައިންނަށް ދިނާރުތައް ބައްސަވައިލެއްވިއެވެ. އަދި ހުސް ކީސާ އެތަނަށް އެއްލާލެއްވުމަށްފަހު ކީރިތިޤުރުއާނުގެ މިއާޔަތް ވިދާޅުވަމުން އެތަނުން ނުކުންނެވިއެވެ. حَسْبُنَا اللَّـهُ وَنِعْمَ الْوَكِيلُ (ال عمران : 173) މާނައީ: "ތިމަންމެންނަށް، ފުދެއެވެ. އަދި، وكيل ކުރެވޭ ފަރާތުގެ މޮޅުކަމާއެވެ!"
 
އެހެންކަމުން ތަޢާލާ، އެކަލާނގެ ފަޟްލާއި ނިޢުމަތް އެކަލޭގެފާނަށް މިންވަރުކުރެއްވިއެވެ

فَانقَلَبُوا بِنِعْمَةٍ مِّنَ اللَّـهِ وَفَضْلٍ لَّمْ يَمْسَسْهُمْ سُوءٌ وَاتَّبَعُوا رِ‌ضْوَانَ اللَّـهِ ۗ وَاللَّـهُ ذُو فَضْلٍ عَظِيمٍ (ال عمران : 174) މާނައީ: ފަހެ، ގެ حضرة ން ދެއްވި نعمة އާއި، فضل ވަންތަވެރިކަމާއިގެން ގެއްލުމެއް ނުލިބި، އެއުރެން އެނބުރި އައޫއެވެ. އަދި، އެއުރެން ގެ ރުއްސެވުންހުރި މަގަށް تبع ވޫއެވެ. އީ، ބޮޑުވެގެންވާ فضل ވަންތަކަމުގެ ވެރިރަސްކަލާނގެއެވެ.

1-     ޢަބްދުބިން ޢަލީ އަކީ އަބްދުބިން ޢައްބާސް ރަޟިޔަޢަންހުމާގެ ކާފަ ދަރިކަލެކެވެ. އަދި އެންމެ ފުރަތަމަ  ޢައްބާސީ ދެ ޚަލީފާއިންކަމުގައިވާ އަބޫ ޢަބްދުއައްސައްފާޙު އާއި އަބޫ ޖަޢުފަރު އަލްމަންޞޫރުގެ އަޚެކެވެ. )سير إعلام النبلاء)
2-     އިމާމް އަޥްޒާޢީ އަކީ ވަރަށް ބޮޑު މުޙައްދިޘެކެވެ. ޙަދީޘް ޢިލްމުގައި މުއުމިނުންގެ އަމީރެކެވެ. ޒާހިދު އަޅުވެރިއެކެވެ. ބުޚާރީ އާ މުސްލިމްގެ ރާވީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ
ތަރުޖަމާ: އިނާޒް ޢަދުނާން
މަޞްދަރު: ސުންހެރޭ ޙުރޫފް / ޢަބްދުލްމާލިކް މުޖާހިދް


1 comment: